މި ލިޔުންތައް ދެނެގަތުމަށް ޖެހިފައިވާ ފާހަގަ ”ސަރުކާރު“

  • president_office_masood_imadh

    އެމްޑީޕީއާއި އެކު މަޝްވަރާއެއް ނުކުރާނަން: މަސްއޫދު އިމާދު

    Tweet އެމްޑީޕީއާއި އެކު ސަރުކާރުން މަޝްވަރާ ނުކުރާނެކަމަށާއި އެމްޑީޕީއާއި އެކު ސަރުކާރުން މަޝްވަރާ ކުރަންޖެހޭ އެއްވެސް ކަމެއް މިހާރު ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓެރީ މަސްއޫދު އިމާދު ވިދާޅުވެއްޖެއެވެ. އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓެރީ މަސްއޫދު އިމާދު ވިދާޅުވެފައިވަނީ، އެމްޑީޕީއާއި އެކު ސަރުކާރުން އެއްވެސް ކަމަކާއި އިތުރަށް ދެން އެއްވެސް ކަމެއްގައި މަޝްވަރާ ނުކުރާނެކަމަށާއި ކުރިއަށް ތަނުގައިވެސް އެމްޑީޕީއާއި އެކު ސަރުކާރުން މަޝްވަރާ ކުރަންޖެހޭ ކަމެއް ދިމާވެދާނެކަމަށް ގަބޫލް [...]

  • vazeerunn-ge-majlis

    ސަރުކާރުގެ ރަސްމީމަސައްކަތު ގަޑިއަކީ ހެނދުނު 8.00 ން މެންދުރުފަހު 3.00 އަށް ކަމަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

    Tweet މާދަމާއިން ފެށިގެން ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8.00 ން މެންދުރުފަހު 3.00 އަށް ކަމަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަށް ބަދަލުގެންނެވުމާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑި ބަދަލުކުރެއްވުމާ ބެހޭގޮތުން ސިވިލް ސަރވިސް ކޮމިޝަނާއި ދައުލަތުގެ އެހެން މިނިވަން މުއައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރގެ ބައެއް ފަރާތްތަކާއި، ސިވިލް ސަރވަންޓްސް އެސޯސިއޭޝަނާ [...]

  • MDP-uthuru

    ރާޅުގަނޑު ސަރަހައްދަށް ސަރުކާރުގެ ފުލުހުންނާއި ސިފައިން އަރައިގަތުމާއި ގުޅިގެން އެމްޑީޕީން ނެރޭ ބަޔާން

    Tweet ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި އެމްޑީޕީން ފެބްރުއަރީ 17 ވަނަ ދުވަހު ފެށި “އިންސާފުގެ ދަތުރު” ކެމްޕެއިން ހިންގާ ސަރަހައްދަށް މިއަދު ހަވީރު ސިފައިންނާއި ފުލުހުން ވަދެ، އެތަން ރޫޅާލާފައިވާތީ މިކަން އެމްޑީޕީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ރާޅުގަނޑު ސަރަހައްދަކީ މާލެ ސިޓީ ކައުންސިލުން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ދޫކޮށްފައިވާ ސަރަހައްދެކެވެ. ނަމަވެސް އެއްވެސް އިންޒާރެއް ނެތި ފުލުހުންނާއި ސިފައިން އެ ސަރަހައްދަށް ވަދެ، އެމްޑީޕީގެ ސްޓޭޖާއި ޖަގަހަތަކާއި، [...]

  • 29161_67b8fd75-6_

    ހަމަނުޖެހުންތަކުގައި ނޫސްވެރިންނަށް ދެމުންގެންދާ އަނިޔާތައް ސަރުކާރުން ކުށްވެރިކުރައްވައިފި

    Tweet ވާދަވެރި ފަރާތްތަކުން މިހާރު މާލޭގައި ހިންގަމުންގެންދާ ސިލްސިލާ ހަމަނުޖެހުން ތަކުގައި، ނޫސްވެރިން ނަށް ބޮޑެތި އަނިޔާ ލިބެމުންދާތީ ސަރުކާރުން އެކަން ވަރަށް ހަރުކަށި އިބާރާތުން ކޮށްވެރިކޮށްފިއެވެ. މިކަންކަން ކުށްވެރިކުރައްވަމުން، ޕްރެސް ސެކްރެޓެރީ މުޙަންމަދު ޒުހައިރު ވިދާޅުވީ، ސިޔާސީ ބޭނުންތައް ފުއްދުމަށް، ވާދަވެރި ފަރާތްތަކުން މާލެތެރޭގައި ހަމަނުޖެހުން އުފައްދައި ބިރުދައްކަމުން ގެންދާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ބިރުވެރިކަމުން ސަލާމަތްވެހުރެ، ޚަބަރުތައް ރިޕޯޓްކުރުމަށް ނޫސްވެރިންނަށް ލިބިފައިވާ ޙައްޤަށް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމްކުރުމަށް ޒުހައިރު ގޮވާލެއްވިއެވެ. [...]

  • 0_132662271171_news

    އިސްލާމްދީން ނޫން އެހެންދީނެއް ފެތުރުމަށް މަސައްކަތްކުރާ ކަމަށް ވާހަކަ ދެއްކުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ދާޚިލީވަޒީރު ވިދާޅުވެއްޖެ.

    Tweet ޝަހީދު ހުސައިން އާދަމް ބިލްޑިންގުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ދާޚިލީވަޒީރު ހަސަން އަފީފް ވިދާޅުވީ މި ސަރުކާރުން އިސްލާމް ދީން ފުހެލައި އެހެން ދީންތައް ގެނައުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު މީޑިއާ މެދުވެރިކޮށް އިދިކޮޅު ފަރާތްތަކުން އަޅުވަމުންދާއިރު އެފަދަ ވާހަކަތައް ދައްކަވާ ބޭފުޅުން، އެ ވާހަކަތައް ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި އިސްލާމްދީން ނޫން އެހެންދީނެއް ފެތުރުމަށް މަސައްކަތްކުރާ ކަމަށް ވާހަކަ ދެއްކުމަކީވެސް ގާނޫނު އަސާސީއާ ޚިލާފުކަމެއްކަމަށެވެ. މިމޭރުމުން ވާހަކަދައްކަވަމުން އަފީފު ވިދާޅުވީ ރާއްޖޭގައި އިސްލާމް [...]

  • Cabinet-decides-to-address-Corruption-Allegations-against-Government

    ތުހުމަތުތަކާމެދު ސަރުކާރުން ޢަމަލު ކުރައްވާނެ ގޮތުގެ ނިޒާމެއް ޤާއިމް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

    Tweet ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސިޔާސީ ޕާޓީތަކުންނާއި، އެކި ފަރާތްތަކުން ސަރުކާރުގެ މައްޗަށް ކޮރަޕްޝަންގެ އެކި ތުހުމަތުތައް ކުރައްވަމުން ގެންދަވާތީ، މިފަދަ ތުހުމަތުތަކާމެދު ސަރުކާރުން ޢަމަލު ކުރައްވާނެ ގޮތުގެ ނިޒާމެއް ޤާއިމް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގައި، މިކަމާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މި ނިޒާމްގެ ދަށުން ކޮރަޕްޝަނާ ގުޅޭގޮތުން ސަރުކާރާމެދު ކުރެވޭ ތުހުމަތުތައް މޮނިޓަރ ކުރައްވާނެ ސަރުކާރުގެ އިދާރާއަކީ، އެޓަރނީޖެނެރަލްގެ އޮފީސް ކަމަށް [...]