މި ލިޔުންތައް ދެނެގަތުމަށް ޖެހިފައިވާ ފާހަގަ ”ވައިކަރަދޫ“

  • JaadiCup 2012 Live Stream

    އިލްހާރު 13 ވަނަ ޖާޑިކަޕް 2013 ގެ މެޗްތައް ލައިވްކުރަނީ

    Tweet ހދ ވައިކަރަދޫ އިލްހާރު ޖަމިއްޔާއިން އިންތިޒާމްކޮއްގެން ކޮންމެ އަހަރަކު ވިދިވިދިގެން ބާއްވަމުން އަންނަ، 13ވަނަ ޖާޑިކަޕް މުބާރާތުގެ މެޗްތައް ލައިވް ކުރުމަށް މަސައްކަތްކުރަމުންދާކަމަށް މުބާރާތުގެ އިންތިޒާމްކޮމެޓީން ހާމަކޮށްފިއެވެ. އެފަރާތުން ހާމަކުރައްވާގޮތުގައި މިހާރު ޓެސްޓު ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި މުބާރާތުގެ މެޗްތައް ލައިވް ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑުކަމަށްވެސް އެފަރާތުން ހާމަކުރައްވައެވެ. މިއީ ވައިކަރަދޫގައި ފުރަތަމަ ފަހަރަށް ލައިވް ކުރާ މުބާރާތެވެ. އިލްހާރުގެ މި އިވެންޓް ގެނެސްދިނުމަށް މި މުބާރާތުގެ މީޑިއާ ޓީމުން ވަރަށް [...]

  • mdp-vaikaradhoo-anhenunn-ge-rooh

    އެމްޑީޕީގެ ވައިކަރަދޫ އަންހެނުންގެ ރޫޙުގެ ފަރާތުން އިންސާފުގެ މައިދާނަށް ބަނބުކެޔޮ ބޮނޑިބަތް ޖާފަތެއް ތައްޔާރުވަނީ

    Tweet ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ވައިކަރަދޫ އަންހެނުންގެ ރޫޙުގެ ފަރާތުން އިންސާފުގެ މައިދާނަށް ވެދުން ކުރުމަށް ތައްޔާރުވަމުންދާ ބަނބުކެޔޮ ބޮނޑިބަތް ޖާފަތެއް ކަމަށާއި ބޮނޑިބަތް ކެއްކުމުގެ ހަރަކާތް ވަރަށް ފޯރިއާއި އެކު ކުރިއަށް ދާކަމަށް އުތުރު.ކޮމް އަށް ޚަބަރުލިބިއްޖެއެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ހިންގަމުންދާ ސިޔާސީ ހަރަކާތް ތަކުގައި ވައިކަރަދޫ އަންހެން ކަނބަލުންގެ ހިއްސާ އިތުރުކުރުމަށާއި ދިވެހި ޤައުމަށް ދިމާވެފައިމިވާ ސިޔާސީ ބަޣާވާތުގެ މައްސަލަތައް ހައްލުކުރުމުގައި މާލޭ ސިޓީ ހެންވޭރު އިންސާފުގެ މައިދާނުގައި ހަރަކާތްތެރިވާ އެންމެހާ [...]

  • vaikaradhoo MDP zuvaanunn

    ވައިކަރަދޫގައި އެމް.ޑީ.ޕީގެ ޒުވާނުން ވެހިކަލްބުރެއް ބާއްވައިފި

    Tweet ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަޣާވާތާއި ދެކޮޅަށް އެމްޑީޕީން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި ބައިވެރިވުމުގެ ގޮތުން ވައިކަރަދޫގައި އެމް.ޑީ.ޕީގެ ޒުވާނުން  ވެހިކަލްބުރެއް ބާއްވައިފިއެވެ. މިއަދު ހަވީރު 4:45 ގައި ވައިކަރަދޫ ރަސްމީ ސްޓޭޑިއަމް ސަރަޙައްދުން ފެށި ސުލްޙަވެރި ވެހިކަލްބުރު ނިންމާލާފައިވަނީ އިރުއޮއްސި 6:00 ގައި ކަމަށާއި ވެހިކަލް ބުރު ކުރިއަށް ދިޔައީ ވަރަށް ފޯރިއާއި ހިއްވަރާ ޖޯޝުގައިކަމަށް އުތުރު.ކޮމް އަށް މަޢުލޫމާތު ލިބިފައިވެއެވެ. ބާޣީ ވަހީދު ފައިބާ، ބާޣީ ވަހީދު ހައްޔަރުކުރޭ، ބާޣީ ޝޭހުން ހިފާ ހައްޔަރުކުރުމަށް [...]

  • special-envoy-to-the-President-of-the-Maldives-Ibrahim-Hussein-Zaki-uthuru

    ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވި އަމަލީ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ފެށޭނެ ކަމަށް ސްޕެޝަލްއެންވޯއި ފޯރ ދި ޕްރެސިޑެންޓް އިބްރާހިމް ޙުސައިން ޒަކީ ވިދާޅުވެއްޖެ

    Tweet ވައިކަރަދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ސޮއިކުރެވި އެކަމުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ސްޕެޝަލްއެންވޯއި ފޯރ ދި ޕްރެސިޑެންޓް އަލްފާޞިލް އިބްރާހިމް ޙުސައިން ޒަކީ ވިދާޅުވެއްޖެއެވެ. މިއަދު ހެނދުނު ވައިކަރަދޫ އަށް ކުރެއްވި ނުރަސްމީ ދަތުފުޅެއްގައި ވައިކަރަދޫގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޒަކީ ވިދާޅުވީ “އަޅުގަނޑުމެންގެ އަމާޒަކީ ވައިކަރަދޫގެ ތަރައްޤީއަށް ސަރުކާރުން ކޮށްދެއްވަން ނިންމާފައިވާ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށުން. އަދި ޙާއްސަކޮށް [...]

  • video-Vaikaradhoo-School-student-23december2011-vaikaradhoo-protest_uthuru

    This article contains a video.

    އަދާލަތުޕާޓީގެ އެކްޓިވިސްޓުން، ޅަދަރިން ލައްވާ މާރާމާރީ ހިންގުން

    Tweet

  • 23december2011-vaikaradhoo-protest_uthuru

    This is currently a hot topic

    އަދާލަތު ޕާޓީގެ އެކްޓިވިސްޓުން މުޒާހަރާގައި މާރާމާރީ ހިންގައިފި

    Tweet “އިސްލާމް ދީން ހިމާޔަތް ކުރުމަށް ދިވެހިން” މި ޝިޔާރުގެ ދަށުން 2011 ޑިސެމްބަރު 23 ވަނަ ދުވަހު އަދާލަތު ޕާޓީން އިންތިޒާމް ކޮށްގެން ބޭއްވި މުޒާހަރާގައި އެ ޕާޓީގެ އެކްޓިވިސްޓުން ވައިކަރަދޫ ފަސްގަނޑުގައި ވަނީ ހަމަނުޖެހުން ހިންގާފައެވެ. އެޕާޓީން  މި މުޒާހަރާގައި ދިވެހިރާއްޖޭގެ ޤާނޫނާއި ގަވައިދާ ޚިލާފަށް ކުޑަކުދިން ނިވާފަތްގަނޑެއް ގޮތުގައި ބޭނުންކޮށް، އެކުދިން ލައްވާ މާރާމާރީ ހިންގުވާފައެވެ. އަދާލަތުޕާޓީގެ އެކްޓިވިސްޓުން، ޅަދަރިން ލައްވާ މާރާމާރީ ހިންގުން އަދާލަތު ޕާޓީގެ އެކްޓިވިސްޓުން އެމްޑީޕީގެ މެންބަރަކަށް އިސްވެ [...]

  • video-jungleBOY-23december2011-vaikaradhoo-protest_uthuru

    This article contains a video.

    އަބްދުﷲ އަބްދުއްރަޙްމާނު (ޖަންގަލްބޯއީ) އެމްޑީޕީގެ މެންބަރުންނަށް އަނިޔާކުރުން

    Tweet

  • President-Nasheed-Confers-State-Dignitary’-to Ali-Sulaiman_uthuru

    “ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް” ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކަށް ދެއްވައިފި

    Tweet “ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް” ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅަކަށް މިއަދު ދެއްވައިފިއެވެ. އެ ބޭފުޅަކީ މާފަންނު ލަކީސްޓާރ ޢަލީ ސުލައިމާނެވެ. ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިޔާގެ ލަޤަބް ދެއްވައި، އެކަމުގެ ލިޔުން، ޢަލީ ސުލައިމާނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މަތި އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ދައުލަތަށާއި، ރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ޢަލީ ސުލައިމާނު ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތައް ފާހަގަކުރެއްވިއެވެ. [...]

  • President-departs-on-a-tour-of-Thiladhunmathi-Atoll-vaikaradhoo_uthuru

    ރައީސުލްޖުމްހޫރިއްޔާ، “ރައީސް ނަޝީދު” ވައިކަރަދޫއަށް ވަޑައިގަންނަވައިފި

    Tweet ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅު ތަކުގައި، މިއަދު މެންދުރުފަހު 14:00 ގައި ވައިކަރަދޫއަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވައިކަރަދުއަށް ފައިބާ ވަޑައިގަތުމާއެކު، ވައިކަރަދޫ އެންމެހާ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިރަށްރަށް ވަޑައިގެން، މިރަށުގެ ރަށު ކައުންސިލާ ބައްދަލުކުރައްވައި، މިރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާއި މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވަވައި، ވައިކަރަދޫގައި ހުރި [...]

  • President-departs-on-a-tour-of-Thiladhunmathi-Atoll_uthuru

    ރައީސުލްޖުމްހޫރިއްޔާ، ތިލަދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް ފަށްޓަވައިފި

    Tweet ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް މިއަދު މެންދުރުފަހު ފަށްޓަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ތިލަދުންމަތީ އުތުރުބުރީ ކެލާ، އިހަވަންދޫ، މާރަންދޫ އަދި ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދުއަށާއި، ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މިރަށްރަށް ވަޑައިގެން، މިރަށްރަށުގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި، މިރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާއި މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވަވައި، މަޝްވަރާ ބަދަލުކުރައްވާނެއެވެ. ތިލަދުންމަތީގެ ބައެއް [...]