Tweet ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މައްސަލައިގަ ސަރުކާރު ތެރޭގައި ހިމެނޭ ފެކްޝަންތަކުގެ މެދުގައި ހިނގި ތަޅާފޮޅުމަށްފަހު، އެންމެ ފަހުން އެމައްސަލައަށް ނިޔާއެއް ކަނޑައެޅުމަށް ސުޕްރޯމް ކޯޓަށް ހުށަހެޅުނު ހިނދު، ސުޕްރީމް ކޯޓުން ނެރުނު ހުކުމުގެ ސަބަބުން ދައުލަތައް އެތައް މިލިއަން ރުފިޔާގެ ގެއްލުމަކާއި ކުރިމަތިލާންޖެހޭނެއެވެ. ސުޕްރީމް ކޯޓުގެ ހުކުމަކީ ހަމައެކަނި ބޯޑާ ކޮންޓްރޯލް ސިސްޓަމުގެ މައްސަލައާއި މެދު ގޮތެއް ނިންމި ހުކުމެއްނޫނެވެ. އެއީ މުޅި އޭސީސީގެ ބާރު ކަނޑުވާލައި، ކޮރަޕްޝަނަށް ދޮރު ހުޅުވައިދިން ހުކުމެކެވެ. ސުޕްރީމް ކޯޓުގެ [...]
Tweet ހިއުމަން ރައިޓްސް ކޮމިޝަނުން ބަލާ ނިމިފައިވާ މައްސަލަތަކުގެ ރިޕޯޓް ނުނެރި ހިފަހައްޓާފައިވާ މައްސަލަ ކުއްވެރިކޮށް އެމްޑީޕީ ޕަލިމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ގުޅިގެން ނޫސްބަޔާނެއް ނެރެފިއެވެ. މި ނޫސްބަޔާނުގައި ބުނެފައިވަނީ ބަޣަވާތަކުން ވެރިކަން ވައްޓާލުމަށްފަހު ދިވެހި ފުލުހުން ނުކުމެ ރައްޔިތުންނާމެދު ހިންގާފައިވާ ލާއިންސާނީ އަމަލުތަކުގެ ގިނަ މައްސަލަތަކެއް ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިގެން ބެލުމަށްފަހު އެމައްސަލަތަކާބެހޭ ރިޕޯޓްތައް ތައްޔާރުވެފައިވާ ކަމަށް މީޑިޔާތަކުގައި އެކޮމިޝަނުން ބުނެފައިވާ ކަމަށްށެވެ. އެހެން ނަމަވެސް މިހާތަނަށް އެއްވެސް މައްސަލައަކާއި ބެހޭ ރިޕޯޓެއް [...]
Tweet ދައުލަތުގެ ބޭނުމަށް 5 ކާރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ބޯޑުން ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާ ދެމެދު 6 ޑިސެމްބަރ 2010 ގައި ވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަނުވާ ކާރުތަކެއް އެކުންފުނިން އެތެރެކުރުމުންވެސް އެތަކެއްޗާ އެމިނިސްޓްރީން ޙަވާލުވެ އެކުންފުންޏަށް ފައިސާ ދައްކާފައިވާކަމަށް މިކޮމިޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، މިކޮމިޝަނުގެ ފަރާތުން އެމައްސަލަ ތަޙުޤީޤުކޮށް ބެލިއިރު، [...]
Tweet ޅ.ނައިފަރު އިޖްތިމާޢީ ސަރަހައްދު ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ޙަވާލުކޮށްގެން ކޮށްދޭނެ ފަރާތެއް ކަނޑައެޅުމުގައި، ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާކަމަށްބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ، މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކުރިއިރު، ޅ.ނައިފަރު އިޖްތިމާއި ސަރަހައްދު ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރާނޭ ފަރާތެއް ހޯދުމުގައި އެދުވަސްވަރު އަމަލުކުރެވެމުން ދިޔަ ވައުޗަރު ނިޒާމު އަދި ސަރުކާރުގެ މުދަލާއި ފައިސާބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދުގެ 8ވަނަ ބާބުގެ 8.14، 8.15، 8.16، 8.17، 8.19 އަދި 8.20 އާ [...]
Tweet ހދ.ނައިވާދޫ ރައްޔިތުންގެ ޚަރަދުގައި 2009 އޮކްޓޯބަރ މަހުގެ ތެރޭގައި، ހދ.ނައިވާދޫ އިންޖީނުގެއަށް ގެނައި 80 ކިލޯވޯޓްގެ ޖަނަރޭޓަރ ގެނައުމާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައިގެ ތަޙުޤީޤުގައި، ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ 8 ވަނަ ބާބުގެ 8.01 ގެ (ހ) އާއި (ށ) އާއި 8.10 ގެ (ހ) އާއި 8.15 ގެ (ހ) އާއި 8.16 އާއި 8.18 އާއި 8.20 އާއި 8.22 ވަނަމާއްދާއާ ޚިލާފަށް ހދ.ނައިވާދޫގައި އޭރު ހުރި ކައުންސިލަރ ހދ.ނައިވާދޫ/ނަފާ، މުޙައްމަދު ޝަފީޤު [...]
Tweet މ.ވޭވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެމަސައްކަތް ޙަވާލުކޮށްފައިވަނީ އެންމެ މަދުން ޕޮއިންޓް ލިބުނު ފަރާތާކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ތަޙްޤީޤް ކުރިއިރު މެދު ޕްރޮވިންސް އޮފީހުގެ ބެލުމުގެ ދަށުގައިވާ ސަރުކާރުގެ އޮފީސްތަކުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް، މެދު ޕްރޮވިންސް އޮފީހުގެ ނަންބަރ A-208/2009/07 (06 ޑިސެމްބަރ 2010) އިޢުލާނުން ހުޅުވާލުމާއި ގުޅިގެން މ.ވޭވަށު ސެކިއުރިޓީ ބެލެހެއްޓުމަށް 6 ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާއިރު، އެމަސައްކަތް [...]
Tweet ހދ.ހަނިމާދޫ މެޖިސްޓްރޭޓް މުޙައްމަދު ޙަނީފް، އޭނާ ވަޒީފާއަދާކުރަމުންދާ ހަނިމާދޫ ކޯޓްގެ ދަތުރުތައް ކުރުމުގައި އޭނާގެ އަމިއްލަ ލޯންޗް (އަފްލާޙް 7) އަށް އިސްކަންދީގެން ދަތުރުތައް ކުރުމަށްފަހު، އެރަށުގައި ލޯންޗްދުއްވާ އެހެންފަރާތްތަކުގެ ނަމުގައި ބިލްހުށަހަޅައިގެން ފައިސާ ނަގަމުންދާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މި ކޮމިޝަނުން ތަޙުޤީޤުކުރި އިރު، އަފްލާޙް 7 ލޯންޗަކީ، މުޙައްމަދު ޙަނީފާ ގުޅުންހުރި ލޯންޗެއްކަމަށް ބެލެވެއެވެ. އެހެންކަމުން، އަފްލާޙް 7 ލޯންޗްގައި ހަނިމާދޫ މެޖިސްޓްރޭޓް ކޯޓްގެ ދަތުރުތައް ކޮށްފައިވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ [...]
Tweet މިނިސްޓްރީ އޮފް ހޯމް އެފެއާޒް މިހާރު ހިނގަމުންދާ ވެލާނާގެ އޮފީސް ބިލްޑިންގުގެ 10 ވަނަ ފަންގިފިލާގައި، ރެޑީމޭޑް ޕާރޓްޝަން ޖެހުމާބެހޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތައް އިވަލުއޭޓް ކުރުމުގައި އެމިނިސްޓްރީގެ ބިޑް އިވަލުއޭޝަން ކޮމެޓީގެ މެމްބަރުން ކޮރަޕްޝަނަށް މަގު ފަހިވާފަދަ ގޮތަކަށް ޢަމަލްކޮށްފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ ތަޙްޤީޤުކުރި އިރު، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ބިޑް އިވަލުއޭޝަން ކޮމެޓީން، ބިޑްތަކަށް މާކްސް ދިނުމަށް ކަނޑައެޅިފައިވާ [...]
Tweet މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެކުންފުނީގައި މަސައްކަތްކުރާތާ އަހަރު ހަމަނުވާ އިދާރީ މުވައްޒަފަކު ޤާނޫނީ ވަކީލުކަމުގެ ޑިގްރީ ކޯހެއްގައި މެލޭޝިޔާއަށް ފޮނުވާފައިވާކަމަށާއި، އެކޯހަކީ 2009 ވަނަ އަހަރުގެ ކުންފުނީގެ ބަޖެޓުގައި ކަނޑައަޅާފައިނުވާ ކޯހެއްކަމަށާއި، އެ މުވައްޒަފު ކޯހަށް ފޮނުވި ފޮނުވުމުގައި ކޯހަށްއެދި ކުރިމަތިލާން ބޭނުންވާ އެހެން މުވައްޒަފުންނަށް ކުރިމަތިލުމުގެ ފުރުޞަތު ލިބޭނެގޮތަށް އިޢުލާނުކޮށްފައި ނުވާކަމަށާއި، އިސްވެދެންނެވި މުވައްޒަފު ކޯހަށް ފޮނުވާފައިވަނީ ކުންފުނީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު މަޙްދީ އިމާދު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށްބުނެ މިކޮމިޝަނަށް ހުށަހެޅި [...]