Tweet ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީއަށް މައުލޫމާތު ދިން ފަރާތްތަކުގެ ވާހަކަތަކަށްބަލާއިރު ކޯނީގެ ރިޕޯޓް ޚުލާސާއަކަށްވެސް ނުފުދޭކަމަށް އެކޮމެޓީގެ މުގައްރިރް ތޮއްޑޫ ދާއިރާގެ މެމްބަރު އަލީވަހީދު ވިދާޅުވެއްޖެއެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީވަހީދު ވިދާޅުވީ ކޯނީގެ ރިޕޯޓްގައި އެކި ބޭފުޅުން ދައްކަވާފައިވާ ވާހަކަތައް ހުލާސާ ވާހަކަގައިވެސް ބައެއް ކަންކަމާ ގުޅޭތަންތަނުގައިވެސް ނެތް ކަމަށެވެ. އަދި އެއަށް ވީގޮތް އެގިވަޑައިގަންނަވާނީ ކޯނީގެ ބަޔާންތައް މަޖިލީހުން ފޮނުއްވެވިނަމަކަމަށާއި ހިތާމައަކީ ރައީސް ވަހީދު ކަނޑައެޅިގެން ޤާނޫނު އަސާސީގެ [...]
Tweet ފެބްރުއަރީ 2012 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔައީ ޤާނޫނީ ހަމަތަކުގެ މަތިންތޯއާއި އަދި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިސްތިއުފާދެއްވީ މަޖުބޫރީ ޙާލަތެއް މެދުވެރިވެގެންތޯ ބެލުމަށްޓަކައި އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) އިން 30 އޮގަސްޓު 2012 ވަނަ ދުވަހު އާއްމުކުރި ރިޕޯޓާ ގުޅިގެން ދިވެހިރައްޔިތުންގެ އެތައް ބަޔަކަށް ހިތްނުތަނަވަސްކަމާއި ހިތްހަމަނުޖެހުން ކުރިމަތިވިއެވެ. އެރިޕޯޓު ނެރުމުގެ ކުރިން، އެ ކޮމިޝަނުގައި ހިމެނިވަޑައިގެންނެވި ރައީސް މުހައްމަދު ނަޝީދުގެ “ނޮމިނީ” އަލްފާޟިލް އަޙުމަދު ސަޢީދު [...]
Tweet އެމެރިކާގެ އަދި ޔޫއެންގެ އެދުމުގެ މަތިން އަދާލަތު ޕާޓީގެ ނުފޫޒު ސަރުކާރުގެ ތެރޭގައި ކުޑަކުރުމަށް ސަރުކާރުން އެއްބަސްވެފައިވާކަމަށް ވަރަށް އިތުބާރު ހުރިގޮތަކަށް މައުލޫމާތު ލިބިއްޖެއެވެ. ޑރ. ވަހީދަކީ ވަރަށް ގިނަ ޒަމާންތަކެއްވަންދެން އދ. ގައި މަސައްކަތްކޮށްފައިވާ މީހަކަށްވާތީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގައި އަދި ޔޫއެންގައި ވަހީދުގެ ރައްޓެހިން ނުފޫޒުގަދަ މަގާމުތަކުގައި އެބަތިއްބެވެ. ނަޝީދުގެ ވެރިކަން ވެއްޓެން ކުޑަތަންވެގެން އައިއިރު، ޑރ. ވަހީދު ގެންދިޔައީ ބަރާބަރަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓް އަދި އދ. ގެ އިސް އޮފިޝަލުންނާއި [...]
Tweet ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓްގައި ފެބްރުއަރީ 7،6 އަދި 8 ވަނަ ދުވަހުގައި ފުލުހުންނާއި ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ހުރިހާ ހާދިސާތަކެއް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގު ކުރުމަށް ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ ކޯނީގެ ރިޕޯޓުގައި ގާނޫނާއި ހިލާފުވެފައިވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައިވާތީ އެކަން ތަންފީޒު ކުރުމަށް ފުލުހުން އިސްނަގައިގެން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓަރ ޖެނެރަލާއި ބަންޑާރަ ނައިބާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ. ޕޮލިސް [...]
Tweet ވެރިކަން ބަދަލުވިގޮތް ދެނެގަތުމަށް ހެއްދެވި ކޮމިޝަނަރ އޮފް ނޭޝަނަލް އިންކުއަރީގެ ރިޕޯޓުގެ ބައެއް ކަންތައްތަކަށް ޢަމަލު ކުރާނަމަ އޭގެ މާނައަކީ އެރިޕޯޓު ޤަބޫލު ނުކުރުން ކަމަށް އެމްޑީޕީގެ ބޭރުދުނިޔެއަށް ކަނޑައަޅާފައި ހުންނަވާ ސްޕޯކްސްޕާސަން ހާމިދު ޢަބްދުލް ޣަފޫރު ވިދާޅުވެއްޖެއެވެ. ހާމިދު ވިދާޅުވީ ކޯނީގެ ރިޕޯޓުގައި ހުރި، ސަރުކާރު ބޭނުންވާ ތަންތަންކޮޅަށް އެކަނި ޢަމަލް ކުރުމަކީ ކޯނީގެ ރިޕޯޓް ބަލައިގަތުން ނޫން ކަމަށާއި އެއީ ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. ހާމިދު ވިދާޅުވީ ކޯނީގެ ރިޕޯޓުގައި މިހާރު [...]
Tweet 8. ކޮމިޝަނުން ހުށަހަޅާ ލަފާ 7 ފެބްރުއަރީ 2012 ގައި، ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ދެއްވުމަށް ޣައިރުޤާނޫނީ މަޖްބޫރުކަމެއް ކުރެވިފައި ނެތްއިރު، އަދި ވެރިކަމުގެ ބާރު ޙަވާލުކުރުމުގެ އުޞޫލުތައް ހިނގަފައި އޮތީ ޤާނޫނުއަސާސީގައި ބަޔާންވެފައި އޮތް ގޮތަށް އަކުރުން އަކުރަށް ކަމަށް ވާއިރު، މިމައްސަލައާބެހޭ ގޮތުން ކޮމިޝަނުން ދޭނެ ލަފައެއް ނެތެވެ. 7 ފެބްރުއަރީ 2012 ގެ ހާދިސާތަކަށް ރިޢާޔަތްކޮށް، ވެރިކަމުގެ ބާރު ޙަވާލުކުރަން ދިމާވި ޙަޤީޤަތްތަކާއި، ޙާލަތްތަކާއި ސަބަބުތަކަށް ބަލައި، އަންނަނިވި ކަންކަމާމެދު ކޮމިޝަނުން ޢާންމު [...]
Tweet ދެހާސް އަށްވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބްގައި ރައްޔިތުން އިންތިހާބްކުރި އެމްޑީޕީ އިއްތިހާދުގެ ސަރުކާރުގައި އެމްޑީޕީއަށް ޖާގަނުލިބޭނެކަމަށް ވަހީދު ހަސަން މަނިކްގެ ހޯމް މިނިސްޓަރ ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ. ޖަމީލްގެ އިއްޔެ ކުރައްވާފައިވާ ޓުވީޓެއްގައި ލިޔުއްވާފައިވަނީ، އެމްޑީޕީން ސަރުކާރުގައި ބައިވެރިވުމަށް ހުށަހެޅި ހުށަހެޅުމާ ރާއްޖޭގެ ގިނަ ރައްޔިތުން ދެކޮޅުހަނދާނެ ކަމަށާއި އެމްޑީޕީގެ އެ ހުށަހެޅުމަކީ ގޮތްހުސްވެގެން ހުށަހެޅި ހުށަހެޅުމެއް ކަމަށެވެ. މީގެއިތުރުން ޖަމީލް ކުރައްވާފައިވާ އެހެން ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ މައްޗަށް ތަފާތު ދައުވާތައް [...]
Tweet ސިންގަޕޫރުގެ ޖަޖް ސެލްވަމް ތިން އައިޕެޑާއި ތިންހާސް ސިންގަޕޫރު ޑޮލަރަށް ބައްލަވައިގަތް ކޯނީ ރިޕޯޓެއް ގަބޫލު ނުކުރައްވާކަމަށް ދިއްދޫދާއިރާގެ މެމްބަރު އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ. ރާއްޖެޓީވީ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަމީރް ވިދާޅުވީ އައިޕެޑާއި ތިންހާސް ސިންގަޕޫރް ޑޮލަރު ޖަޖް ސެލްވަމް ބެއްސެވިކަމަށް ގަހާ އަހްމަދު ސައިދު ވިދާޅުވާއިރު އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނުބައްލަވާ މަޑުމަޑުން ތިއްބަވާތީ ކަންބޮޑުވާކަމަށެވެ. މަގާމުތަކުގަޔާއި ނުފޫޒް ބޭނުންކުރުމުގައި އެފަދަ ކަންތައްތައް ހިންގާއިރު އެފަދަ ކަންތައްތަކާމެދު އަޅަންޖެހޭ ފިޔަވަޅުއެއީ ކޮރަޕްޝަންގެ [...]
Tweet ކޯނީގެ ރިޕޯޓުގައި ބުނެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅާ ނިމެންދެން، އެމްޑީޕީގެ މެމްބަރުންގެ މައްސަލަތަކުގައި ދައުވާކުރުން ފަސްކޮށްދިނުމަށް އެމްޑީޕީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުން އެދިއްޖެއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލްވުމަކަށް ފަހު ނޫސްވެރިންނާއި ބައްދަލްކޮށް ވާހަކަދައްކަވަމުން އެޕާޓިގެ ޗެއާރ ޕާސަން މޫސަ މަނިކް ވިދާޅުވީ، ހަތެއް ފެބުރުއަރީގެ ފަހުން ފުލުހުންގެ އެމްޑީޕީގެ އެއްހާހެއްހާ މީހުން ހައްޔަރުކޮށް ދުއިސައްތަ އަށްވުރެ ގިނަ މީހުންގެ މައްސަލަ ޕްރޮސެކިއުޓްކުރުމަށް ފޮނުވާފައިވާކަމަށެވެ. ވެރިކަން ބަދަލްވެގެން ދިޔަ ގޮތާއި ގުޅޭގޮތުން ކޯނީން [...]
Tweet އެމްޑީޕީގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓާ ގުޅިގެން ސިފައިންނާއި ފުލުހުންގެ މައްޗަށް އެއްވެސް ފިޔަވަޅެއް ސަރުކާރަކުން ނާޅާނެ ކަމަށް ތިން މިނިސްޓަރުންގެ ޓީމަކުން ވިދާޅުވެފައިވީ ނަމަވެސް، އެފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް މިހާރުގެ ރައީސް، ވަހީދު ހަސަން މަނިކު އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި ބައިނަލްއަޤްވާމީ ފަރާތްތަކުން އެކަމަށް ޕްރެޝަރުކުރާނެކަމަށް އިނގެރޭސިވިލާތައް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު ޑރ.ފަރަހަނާޒް ފައިސަލް ވިދާޅުވެއްޖެއެވެ. ރާއްޖެޓީވީގެ ސުންގަޑި ސުންމިނެޓް ޕްރޮގްރާމްގައި [...]