Tweet ނަންބަރު:MDP-2013-PR-22 ތާރީޚް: 23 ފެބުރުއަރީ 2013 (ހޮނިހިރު) ރާއްޖެ ޓީވީގެ އިބްރާހީމް ވަޙީދަށް ދިން މަރުގެ ޙަމަލާ ކުށްވެރިކުރުން ރޭގެ ވަގުތެއްގައި ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަދި ޖާރނަލިސްޓް އިބްރާހީމް ވަޙީދު (އަސްވާރޑް) ބޮޑުތަކުރުފާނު މަގުން އާރޓިފިޝަލް ބީޗް ކައިރިން ސައިކަލުގައި ވަޑައިގަންނަވަނިކޮށް ބަޔަކު މީހުން އޭނާގެ ފުރާނަ ގެއްލޭވަރުގެ ޙަމަލާއަކުން ބޮލަށާއި މޫނަށް ދަގަނޑުބުރިއަކުން ޙަމަލާދީ، ޒަޙަމްކޮށްލާފައިވާތީ އެ ނުބައި ޢަމަލު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރު [...]
Tweet ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އަށާއި ޑިފެންސް މިނިސްޓަރ ނާޒިމްއަށް ބާގީންނޭ ގޮވިކަމަށް ބުނެ ރައީސް ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާ އެދެބޭފުޅުން ކުރަށްވާއިފިނަމަ އެދެ ބޭފުޅުން ބަގާވާތުގެ އަމަލް ހިނގިކަން ޝަރީއަތުގައި ސާބިތުކކޮށްދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ރ އަތޮޅު އަތޮޅުކައުންސިލްގައި ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް މިމަހުގެ ވިހި ވަނަދުވަހު ބާއްވާ އިންތިހާބުގައި ވާދާ ކުރަށްވާ އެމްޑީޕީގެ ކެންޑިޑޭޓް ރ.އަލިފުށި މޫމިނާ އީސާފުޅަށް ތާއިދު ހޯއްދަވައި ދެއްވެމުގެގޮތުން ރ.އަތޮޅަށް ރައީސް ނަޝީދު [...]
Tweet ބަޣާވާތުގެ ސަރުކާރެއް ކަމަށް ގިނަ ރައްޔިތުން ދެކޭ، މިސަރުކާރުގެ ޑިފެންސް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި މުހަންމަދު ނާޒިމާއި ޕޮލިސް ކޮމިޝަނަރުގެ މަޤާމުގައި ހުންނެވި އަބްދުﷲ ރިޔާޒާ ދިމާލަށް “ބާޣީ” އޭ ގޮވައިގެން ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ކުރުމަށް އެ ދެ ބޭފުޅުން ސިވިލް ކޯޓަށް ހުށައަޅުއްވާފައިވާތީ މިދެބޭފުޅުން ތިއްބެވީ ބަޣާވާތް ކުރައްވައިގެން ކަމަށް ޤަބޫލު ކުރައްވާ ހުރިހާ ބޭފުޅުން ޚާއްޞަގޮތެއްގައި ސިފައިންނާއި ފުލުހުން މިމައްސަލާގައި ހެކިބަސް ދެއްވުމަށް ރައީސް މުޙައްމަދު [...]
Tweet އެކިއެކި ތުޙުމަތުތަކުގައި އައްޑު އަތޮޅުން ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ޚާއްސަ ފަންޑު ފޮއްޓެއް ބެހެއްޓުމަށް އައްޑޫ ދާއިރާއިން ނިންމައިފިއެވެ. އައްޑޫ ސިޓީގެ ރައީސް އަޙްމަދު އަދުހަމް ވިދާޅުވީ، މަރަދޫ ދާއިރާއިން އިސްނަގައިގެން ބަހައްޓާ މި ފަންޑު ފޮށި އެރަށުގެ އިތުރުން މާލޭގެ އުސްފަސްގަނޑުގައި ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ. އައްޑޫ ސިޓީގައި މިރޭ އޮންނަ އެމްޑީޕީގެ ޖަލްސާގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މި ފަންޑު ފޮއްޓަށް އެކަށީގެންވާ ތަރުޚީބެއް [...]
Tweet ރައްޔިތުންނަށް ޖިސްމާނީ ގޮތުން އަނިޔާކޮށްފައިވާ އެއްވެސް ފަރާތަކާއި ދޭތެރޭ ފިޔަވަޅެއް ނާޅާނެ ކަމަށް މިހާރުގެ ސަރުކާރުން ބުނާ ބުނުމަކީ ނުރައްކާތެރިކަން މިރާއްޖޭގައި އޮތްމިންވަރު އެގިގެންދާ ކަމެއް ކަމަށް އެމްޑީޕީގެ ސްޕޯކްސް ޕާރސަން އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ. އުސްފަސްގަނޑުގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ރާއްޖޭގައި އަނިޔާވެރިންނާމެދު ފިޔަވަޅު އެޅޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި ރައްޔިތުންނަށް ގޮންޖެހުމަށްފަހު އަނިޔާ ކުރާ ފަރާތްތަކާއި މެދު އެއްވެސް ފިޔަވަޅެއް ނާޅާނެކަންނޫސް ކޮންފަރެންސް ބާއްވާގެންނާއި އެހެނިހެން ގޮތް ގޮތުންވެސް އަދުގެ ސަރުކާރުން [...]
Tweet ކޯނީގެ ރިޕޯޓުގައި ރައީސް މުޙައްމަދު ނަޝީދު އިސްތިޢުފާ ދެއްވާފައިވަނީ، ސިފައިން އެމަނިކުފާނަށް މަޖުބޫރުކޮށްގެން ނޫންކަމަށް ނިންމާފައިވާތީ ސިފައިންނައް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފްގެ ސްޕޯރކްޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޯނީގެ ރިޕޯރޓްގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައިވަނީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކަމަށް ނިންމާފައިވާތި ސިފައިންނަށް ރައްދުވަމުން ދިޔަ ބަސްތަކަކީ ހަގީގަތާއި ހިލާފު ބަސްތަކެއްކަން މިހާރު ހާމަވެފައިވާ ކަމަށެވެ. މިއަދާ ހަމައަށްވެސް ސިފައިންނަކީ [...]
Tweet އިސްލާމްދީނުގައި ބާޣީން: ދަންނަ ބޭކަލުން ވިދާޅުވެފައިވާ ގޮތުގައި، ބާޣީންނަކީ ޢަދުލުވެރި ވެރިއެއްގެ ކިޔަމަންތެރިކަމުގެ ދަށުން ނުކުންނަ މުސްލިމް ޖަމާޢަތެކެވެ. ބައެއް ބޭކަލުން ވިދާޅުވެފައިވަނީ އެއީ ޢަދުލުވެރިވިޔަސް ނުވަތަ ޢަދުލުވެރި ނުވިޔަސް މުސްލިމް ވެރިއެއްގެ ކިޔަމަންތެރިކަމުން ނުކުންނަ މުސްލިމް ބައިގަނޑެކެވެ. ބަޣާވާތް ކުރުމަކީ ކޮންކަހަލަ ކަމެއް؟ އިސްލާމް ދީނުގައި ބަޣާވާތް ކުރުމަކީ ޙަރާމް ކަމެކެވެ. މިކަމުގެ ދަލީލަކީ، ކީރިތި ޤުރުއާނުގައިވާ މާތްﷲގެ ވަޙީ ބަސްފުޅެވެ. އަލްޙުޖުރާތު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. [...]
Tweet އޮގަސްޓްމަހުގެ 30 ވަނަ ދުވަހު ނެރޭ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ރިޕޯޓް ކޮންމެ ގޮތަކަށް ނުކުތްނަމަވެސް ސިފައިންނާއިދޭތެރޭ ފިޔަވަޅެއް ނޭޅޭނެކަމަށް، ފެބްރުއަރީ ހަތްވަނަ ދުވަހު ރާއްޖޭގެ ގާނޫނީ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު ޑިފެންސް މިނިސްޓަރކަމާއި ހަވާލުވެވަޑައިގަތް ސީނުކަރަންކާގޭ މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވަނީ ސިފައިންނާއި މުހާތަބްކުރައްވާ ވާހަކަދައްކަވަމުންނެވެ. ރާއްޖެ ނިއުސްޓީމަށް ލިބިފައިވާ އޯޑިއޯ ރެކޯޑިންގއެއްގައި ނާޒިމް ވިދާޅުވަނީ ކޯނީގެ ރިޕޯޓް ނެރޭ ދުވަސް ގާތްވަމުން އަންނަކަމަށާއި، ނަމަވެސް އެކަމާއި މާޔޫސްވެ ކަންބޮޑުވެވަޑައިގަންނަވަން [...]
Tweet ރައީސް ނަޝީދާއި އެމްޑީޕީން ކޯނީގެ ރިޕޯޓާއި މެދު ރައްޔިތުންގެ އިތުބާރު ކަނޑުވާލާއި ރާއްޖޭގެ އަމާންކަން ނަގާލުމުގެ ވާހަކަދައްކަވަމުން ގެންދަވާކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫނު ވިދާޅުވި ވިދާޅުމަށް އެމްޑީޕީގެ ޗެއާޕާރސަން ރައްދުދެއްވައިފިއެވެ. ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ދުންޔާ މައުމޫން އަށް އެމްޑީޕީއާއި ބެހޭގޮތުން ބަސް ވިދާޅުވާން އެގިވަޑައިނުގަންނަވާނެ ކަމަށާއި އެކަމަނާއަކީ ޕީޕީއެމްގެ މުސްތަގުބަލުގައި ރިޔާސީ ކެނޑިޑޭޓަށްވުމަށް މަސައްކަތް ކުރައްވާ [...]
Tweet މި ސަރުކާރަށް މިއަދު ހަމަސް ވެގެންދާއިރު ހަތެއް ފެބްރުއަރީގައި ބަޢާވާތް ހިންގި މީހުންނާއި ދެކޮޅަށް ކޯޓުތަކުގައި އެއްވެސް މައްސަލައެއް ނުހިންގާ ރައްޔިތުންގެ މައްސަލަތައް މިހާރު ބަލަން ފެށުމުން މިސަރުކާރުގެ އެއްވެސް އިންސާފްވެރިކަމެއް ނެތް ކަން ހާމަވެގެން ހިނގައްޖެ ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދް ވިދާޅުވެއްޖެއެވެ. ރާއްޖެޓީވީގެ ސުންގަޑި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ވަހީދް ވިދާޅުވީ މިކަންކަން މިހެން ދިމާވާންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުގައި [...]