ރާއްޖެޓީވީގެ އިމާރާތަށް ރޭ ބަޔަކު ވަދެ، ވަރަށް ގިނަ އިކުއިޕްމެންޓްތަކަށް ގެއްލުންދީފިއެވެ. މިގޮތުން އެއަރކުރުމަށް ބޭނުންކުރާ އިކުއިޕްމެންޓް ހަލާކުކޮށްލާފައިވާއިރު، ހުރިހާ ކޭބަލްތަކެއްހެންވަނީ ބުރިކޮށްލާފައެވެ. ފުލުހުންގެ ފޮރެންސިކް ޓީމުންދަނީ މިމައްސަލަ ބެލުމުގައި ހަރަކާތްތެރިވަމުންނެވެ.
ރާއްޖެޓީވީގެ އިމާރާތަށް ގެއްލުންދީފައިވަނީ ވަރަށް ބޮޑަށް ރޭވިގެންކަން ފާހަގަކުރެވެއެވެ. މިގޮތުން ސްޓޭޝަންގައި އޮން އެއަރކުރުމަށް ބޭނުންކުރާ ސާމާނުތަކަށް އެކަނި ގެއްލުންދީފައިވާއިރު، ތަނުގެ ލެޕްޓޮޕް/ކެމެރާފަދަ ތަކެއްޗަށް ގެއްލުންދީފައި ނުވެއެވެ. އޮންއެއަރ ކޮންޓްރޯލް ރޫމްގެ ކޭބަލްތައް ބުރިކޮށްލަން އިނގޭނީ ބްރޯޑްކާސްޓިންގ ދަންނަ ފަރާތަކަށްކަން ފާހަގަކުރެވެއެވެ.
މިގޮތުން މިތަނުގެ އިލެކްޓްރޯނިކް ތަޅުލެވޭ ނިޒާމް ފެއިލްކޮށްލުމަށް، މިބިލްޑިންގްއިންވަނީ ކަރަންޓް ދުއްވާލާފައެވެ. ކަރަންޓް ދުއްވާލުމުން ތަޅު ހުޅުވި، ގަޑިއެއްހާއިރު ތެރޭ އޮންއެއަރ ކުރުމަށް ބޭނުންކުރެވޭ ހުރިހާ ކޭބަލްއެއްހެންވަނީ ބުރިކޮށްލާފައެވެ.
މީޑިއާ ނެޓުން މައުލޫމާތުދޭގޮތުގައި ރާއްޖެޓީވީގެ ކޭބަލްތައް ބުރިކޮށްލުމުން ސިގްނަލް ލިބުން ހުއްޓުނީ މިއަދު ހެނދުނު 07:00 ހާއިރުކަމަށެވެ. ރާއްޖެޓީވީގެ މުވައްޒަފުން އޮފީހަށް އައީ 08:45 ހާއިރުކަމުން، މިކަންތައް ކޮށްފައިމިވަނީ ގަޑިއެއްހާއިރުތެރޭކަމަށް ބެލެވެއެވެ.
އެ ސްޓޭޝަންގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ލަފާކުރެވެނީ، އެ ސްޓޭޝަނުގެ ކޮންޓްރޯލް ރޫމަށް ވަދެފައި ވަނީ ރާއްޖެ ޓީވީ ހިންގާ ތަނުގެ އިލެކްޓްރޯނިކް ލޮކިން ސިސްޓަމް ހަލާލުކޮށްލައިގެން ކަމަށެވެ. އެތަނަށް ވަދެ، ގިނަ ކޭބަލްތަކެއް ބުރިކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޭބަލްތައް ބުރިކޮށްލުމުން އެ ސްޓޭޝަނުގެ ޕްރޮގްރާމްތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.
“ކޭބަލްތައް ބުރިކޮށްލާފައި ހުރިއިރު، ރާއްޖެ އިން ނުލިބޭނެ ކޭބަލްތައް ވެސް ބުރިކޮށްލާފައި އެބަހުރި،” ޔާމީން ވިދާޅުވި އެވެ.
އަދި ޔާމީން ވިދާޅުވީ “ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ހިދުމަތް އަލުން ފަށައިގަނެވޭތޯ މަސައްކަތް ކުރަމުން އަންނަނީ،”.
ރާއްޖެޓީވީ ހުއްޓުވާލާނެކަމަށާއި، ރާއްޖެޓީވީއަށް ގެއްލުން ދޭނެކަމަށް ތަފާތު އިންޒާރުތައް ދީފައިވާ މިދަނޑިވަޅުގައި ހިނގާފައިވާ މި އަމަން އިންސާފްވެރިކަމާއެކު ތަހްގީގްކޮށް، މިކަމުގައިޝާމިލްވާ އެންމެހާ ފަރާތްތައް ހޯދާ ފިޔަވަޅު އެޅުމަށް އަޅުގަނޑުމެން ގޮވާލަމެވެ.
)ރާއްޖެ ޓީވީ ކޭބަލް ބަޔަކު ބުރި ކޮށްލުން(ފޮޓޯ
















އަންގާރަ, އޮގަސްޓް 7th, 2012 12:12 pm GMT +5 at 12:12 pm
ތިވާނީ ފުލުހުންގެ ކަމަކަށް....ދެން ކޮން ތަހުގީގެ ކުރެވޭނީ..
އަންގާރަ, އޮގަސްޓް 7th, 2012 12:20 pm GMT +5 at 12:20 pm
މިކަމުގެ ޒިންމާ މިގައުމުގެ ފުލުހުން ނަގަން ޖެހޭނެ ފުލުހުން ވަނީ މިގޮތަށް ވެދާނެ ކަމަށް ބުނެފައި އަދި ފުލުހުންގެ އެއްވެސް ހިމާޔަތެއް އެތަނަށް ނުލިބޭނެ ކަމަށް ވަނިބުނެފަ ވިމާ މިކަމުގައި ފުލުހުން ޒިންމާ ނަގަން ޖެހޭނެ.
އަންގާރަ, އޮގަސްޓް 7th, 2012 01:00 pm GMT +5 at 1:00 pm
ކިހާ ބޮޑު ބަލާ އެއް!!