އޯލްޕާޓީ ޓޯކްސްގައި ވަޙީދު ބައިވެރިވެވަޑައިގަތުން މުހިއްމެއްނޫން –އިމްތިޔާޒް ފަހުމީ

ޝާއިޢު ކުރީ އަހްމަދު ޒަބީރު. ލިޔުން ހިމެނިފައި ވަނީ ރާއްޖެ މި ބައިގައި

ފާހަގަކުރުން:

34219_5ebaa7bf-f_

ޝާއިޢުކުރީ: ހޯމަ, ޖުލައި 16th, 2012 04:52 pm GMT +5 - (0) ޚިޔާލު

ސިޔާސީ ޕާޓީ ތަކުގެ މެދުގައި ކުރިއަށްގެންދާ އޯލްޕާޓީ ޓޯކްސްގައި ކުރީގެ ނައިބު ރައީސް ޑރ.މުހަންމަދު ވަހީދު ހަސަން މަނިކު ބައިވެރިވެވަޑައިގަތުން އެމްޑީޕީއަށް އެއް ގޮތަކަށް ވެސް މުހިންމު ނޫން ކަމަށް އެ ޕާޓީގެ ސްޕޯކްސްޕާސަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ވެބްސައިޓަސްދެއްވި އިންޓަވިއު އެއްގައި އިންތި ވިދާޅުވީ ބަޣާވާތުގެ ސަރުކާރުގެ ވެރިއަކަށް މިހާރު ހުންނެވި ޑރ. ވަހީދަކީ ސިޔާސީ ޕާޓީއެއްގައި ތިބުން އިލެކްޝަންސް ކޮމިޝަނުން ލާޒިމްކުރާ އަދަދަށް މެންބަރުން ހަމަވާ ސިޔާސީ ޕާޓީއެއް އޮތް ބޭފުޅެއް ވެސް ނޫން ކަމަށާއި، އަދި ވަހީދު އުފައްދަވާފައިވާ ގައުމީ އިއްތިހާދު ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގޮނޑިއެއް ވެސް ލިބިފައިވާ އަދި ކައުންސިލް އިންތިޚާބުގައި ވެސް ކާމިޔާބެއް ލިބިފައިވާ ޕާޓީއެއް ކަމަށްވާތީ ވަހީދަކީ ސިޔާސީ ޕާޓީތަކުގެ މެދުގައި ދެކެވޭ ވާހަކަތަކުގައި ބައިވެރިކުރުން މުހިންމު ފަރާތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ސިޔާސީ ޕާޓީ ތަކުގެ މެދުގައި ބާއްވާ ވާހަކަތަކުގައި ކުރީގެ ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވާނީ ބަޣާވާތުގައި މައުމޫން ބައިވެރިވިކަމަށް އެމްޑީޕީން ކުރަމުންގެންދާ ތުހްމަތުތައް އަނބުރާގެންދެވުމުން ކަމަށް ވިދާޅުވެފައިވާތީ، ގައުމުގެ މަސްލަހަތަށްޓަކައި އެވާހަކަ ތަކުގައި މައުމޫން ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރީގެ ރައީސް ނަޝީދު ވަނީ މައުމޫން ގެ ކިބައިން މާފަށް އެދިވަޑައިގެންފައެވެ

ޚިޔާލެއް ނެތް؟

ކިޔުންތެރިންގެ ޚިޔާލު ލިބިފައި ނެތީ: އޯލްޕާޓީ ޓޯކްސްގައި ވަޙީދު ބައިވެރިވެވަޑައިގަތުން މުހިއްމެއްނޫން –އިމްތިޔާޒް ފަހުމީ. ޝުޢޫރު ހިއްސާކުރުމުގައި، ބައިވެރިވުމަށް ބޭނުންތޯ؟

ކިޔުންތެރިންގެ ކިޔާލަކީ ލިޔުންތެރިކަމުގެ ކުރިއެރުން ކަމުގައި ވީހިނދު، ބިނާކުރަނިވި ފާޑުކިޔުން ތަކަށް، އުތުރު.ކޮމް އިން މަރުޙަބާ ކިޔަމެވެ. ޚިޔާލު ފާޅުކުރައްވާ!