އިލްހާމް ޕީޕީއެމް އިން ވަކިވެވަޑައިގެންފައިވާ ކަމުގެ ހަބަރު ފެތުރެމުން އެބަދޭ

ޝާއިޢު ކުރީ އަހްމަދު ޒަބީރު. ލިޔުން ހިމެނިފައި ވަނީ ރާއްޖެ މި ބައިގައި

ފާހަގަކުރުން:

0_133715272124_news

ޝާއިޢުކުރީ: ހޯމަ, ޖުލައި 16th, 2012 04:19 pm GMT +5 - (0) ޚިޔާލު

ޕްރޮގޮރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލަމެންޓްރީ ގުރޫޕުގެ ނާއިބު ރައީސް އަދި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމުގެ އަޑުތައް މީޑިޔާތަކުގައި ފެތުރެން ފަށައިފި އެވެ.

އުތުރު.ކޮމް އެނގިފައިވާގޮތުގައި އިލްހާމް ޕީޕީއެމުން ވަކިވެވަޑައިގެންފައިވަނީ އަންނަ ބުދަ ދުވަހު ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި އެ އިދާރާގެ ރައީސް ކަމުގެ މަގާމް ކާމިޔާބް ކުރެއްވުމަށް ކުރައްވާ ކެމްޕެއިން އަށް ރައީސް މައުމޫންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ލިބިވަޑައި ގެންފައިނުވާތީ އެކަމާ ހިތްހަމަ ޖެހިވަޑައިނުގަތުމުން ކަމަށެވެ.

އިލްހާމް ޕީޕީއެމުން ވަކިވެވަޑައިގެންފައިވާ ކަމުގެ އަޑުތައް ފެތުރޭއިރު އޭނާ އެ ޕާޓީގެ ހަރަކާތްތަކާ ދުރުގައި އުޅުއްވާތާ ދުވަސްކޮޅެއްވެއްޖެ އެވެ. ނަމަވެސް އިލްހާމް ޕީޕީއެމް އިން ވަކިވެ ވަޑައިގެންފައިވާކަން އެމްނިކުފާނު، މިހާތަނަށް މިޑީޔާ އަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޚިޔާލެއް ނެތް؟

ކިޔުންތެރިންގެ ޚިޔާލު ލިބިފައި ނެތީ: އިލްހާމް ޕީޕީއެމް އިން ވަކިވެވަޑައިގެންފައިވާ ކަމުގެ ހަބަރު ފެތުރެމުން އެބަދޭ. ޝުޢޫރު ހިއްސާކުރުމުގައި، ބައިވެރިވުމަށް ބޭނުންތޯ؟

ކިޔުންތެރިންގެ ކިޔާލަކީ ލިޔުންތެރިކަމުގެ ކުރިއެރުން ކަމުގައި ވީހިނދު، ބިނާކުރަނިވި ފާޑުކިޔުން ތަކަށް، އުތުރު.ކޮމް އިން މަރުޙަބާ ކިޔަމެވެ. ޚިޔާލު ފާޅުކުރައްވާ!