މަޖިލީހުގެ ޖަލްސާ މެންދުރުފަހު ފަށާގޮތަށް ފަސްކޮށްފި

ޝާއިޢު ކުރީ އަހްމަދު ޒަބީރު. ލިޔުން ހިމެނިފައި ވަނީ ރާއްޖެ މި ބައިގައި

ފާހަގަކުރުން:

Maldives-Parliament

ޝާއިޢުކުރީ: ހޯމަ, ޖުލައި 16th, 2012 12:22 pm GMT +5 - (0) ޚިޔާލު

މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުމުގައި ދިމާވެފައިވާ ހިޔާލު ތަފާތުވުންތައް ކުޑަކޮށް އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ޕާޓީތަކުގެ އިސް ލީޑަންނާ މަޝްވަރާ ކުރުމަށް ބުނެ މަޖިލިހުގެ މިއަދުގެ ޖަލްސާ މެންދުރުފަހު 1.00 އަށް ފަސްކޮށްފި އެވެ.

މިއަދުގެ ޖަލްސާ މެދު ކަނޑުއްވާލައްވަމުން މަޖިލިހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ ޖަލްސާ މެދުކަނޑުއްވާ ލެއްވީ މަޖިލިހުގެ ކޮމެޓީތަކަކަށް މެންބަރުން އައްޔަން ކުރުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ޕާޓީތަކުގެ އިސް ލީޑަރުންނާ އަދި މިނިވަން މެންބަރުންނާ މަޝްވަރާކުރެއްވުމަށް ކަމަށެވެ.

ފަހަކަށް އައިސް މަޖިލީހުގެ ގިނަ ޖަލްސާތައް ވަނީ ކޯރަމްގެ މައްސަލަތަކާއި ސިޔާސީ ހިޔާލްތަފާތުވުމުގެ ސަބަބުން މަޖިލީހުގައި އެއްވެސް މަސައްކަތެއް ނުކުރެވި ހުއްޓާލާފައިކަން ފާހަގަ ކުރެވެއެވެ. މަޖިލީހުގެ މެޖޯރިޓީ އޮންނަނީ ސަރުކާރު ހިންގުމާއި ހަވާލުވެ ތިއްބެވި އިއްތިހާދަށް ނިސްބަތްވާ ޕާޓީތަކުގެ އަތުގައެވެ.

ޚިޔާލެއް ނެތް؟

ކިޔުންތެރިންގެ ޚިޔާލު ލިބިފައި ނެތީ: މަޖިލީހުގެ ޖަލްސާ މެންދުރުފަހު ފަށާގޮތަށް ފަސްކޮށްފި. ޝުޢޫރު ހިއްސާކުރުމުގައި، ބައިވެރިވުމަށް ބޭނުންތޯ؟

ކިޔުންތެރިންގެ ކިޔާލަކީ ލިޔުންތެރިކަމުގެ ކުރިއެރުން ކަމުގައި ވީހިނދު، ބިނާކުރަނިވި ފާޑުކިޔުން ތަކަށް، އުތުރު.ކޮމް އިން މަރުޙަބާ ކިޔަމެވެ. ޚިޔާލު ފާޅުކުރައްވާ!