އެމްޑީޕީގެ ޕްރޮވިންސް ތަކުގެ ރައީސުންނާ ޗެއަރޕާސަން ބައްދަލުކުރައްވައިފި

ޝާއިޢު ކުރީ އަހްމަދު ޒަބީރު. ލިޔުން ހިމެނިފައި ވަނީ ރާއްޖެ މި ބައިގައި

ފާހަގަކުރުން: ، ،

އެމްޑީޕީގެ ޕްރޮވިންސް ތަކުގެ ރައީސުންނާ ޗެއަރޕާސަން ބައްދަލުކުރައްވައިފި

ޝާއިޢުކުރީ: އާދީއްތަ, ޖޫން 24th, 2012 04:20 pm GMT +5 - (0) ޚިޔާލު

އެމްޑީޕީ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އަތޮޅުތައް ހިންގުމަށް އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ ލާމަރުކަޒުކުރުމުގެ އުސޫލާ އެއް ގޮތަށް އެމްޑީޕީގެ ހިންގުން ބައްޓަން ކުރުމުގެ މުހިންމު ކަމާއި، އެކަމަށް ކުރެވެމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ޗެއަރޕާސަން ވާހަކަފުޅުދެއްކެވިއެވެ. އަދި 7 ޕްރޮވިންސްގައި އެމްޑީޕީގެ 7 އިދާރީ އޮފީސް ގާއިމްކުރެއްވުމުގެ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިދާރީ ގޮތުން ޕްރޮވިންސްތަކުގައި އެމްޑީޕީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނޭ މަސައްކަތްތަކާ ބެހޭ ގޮތުން އެމްޑީޕީގެ ޗެއަރޕާސަން އާއެކު ފުޅާދާއިރާއެއްގައި މަޝްވަރާ ބަދަލުކުރެއްވިއެވެ. އަދި ކޮންމެ އާދީއްތަ ދުވަހަކު ޕްރޮވިންސް ރައީސުންނާ އެކު ޗެއަރޕާސަން ބައްދަލުވުމެއް ބާއްވާ ގޮތަށް ވެސް ހަމަޖެއްސެވިއެވެ.

މިއަދު ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަން ނައިބު މާލީ އަޙުމަދު މައުސޫމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލެއް ނެތް؟

ކިޔުންތެރިންގެ ޚިޔާލު ލިބިފައި ނެތީ: އެމްޑީޕީގެ ޕްރޮވިންސް ތަކުގެ ރައީސުންނާ ޗެއަރޕާސަން ބައްދަލުކުރައްވައިފި. ޝުޢޫރު ހިއްސާކުރުމުގައި، ބައިވެރިވުމަށް ބޭނުންތޯ؟

ކިޔުންތެރިންގެ ކިޔާލަކީ ލިޔުންތެރިކަމުގެ ކުރިއެރުން ކަމުގައި ވީހިނދު، ބިނާކުރަނިވި ފާޑުކިޔުން ތަކަށް، އުތުރު.ކޮމް އިން މަރުޙަބާ ކިޔަމެވެ. ޚިޔާލު ފާޅުކުރައްވާ!