ފަތުހުﷲ

ފުލުހުން އޮޕަރޭޝަނެއްގައި: ފުލުހުންނާއި ސިފައިން ފޭރުމުގެ މައްސަލަވަނީ ހޫނުވެފަ
| ބިދޭސީންތަކެއް ދިރިއުޅޭ ގެއަކަށް ވަދެ ކަރުނަގޭސް ޖެހުމަށްފަހު އެމީހުންގެ ފައިސާކޮޅާއި އަގުބޮޑު ތަތެކި ފޭރުނު މަސްއަލާގައި ހައްޔަރުކޮށްފައިވާ ފުލުހުންނާއި ސިފައިންގެ ގްރޫޕަކީ އާއްމުކޮށް ފޭރޭބައެއްކަމަށް ފުލުހުންބުނެފިއެވެ. | |||
| ފުލުހުންނާއި ސިފައިން ހިމެނޭ ގުރޫޕެއްވެގެން ބިދޭސީންތަކެއް ދިރިއުޅޭ ގެއަކުން ފޭރުނުކަން މީޑިއާއަށް އެނގުމުން އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުންވަނީ މީގެ ކުރިން ސާފު ޖަވާބެއް މީޑިއާއަށް ނުދީފައެވެ. އަދި އެމީހުން ކަރުނަގޭސް ބޭނުންކުރިކަން ނޭނގޭކަމަށްވެސް ފުލުހުންބުނެއެވެ.
ނަމަވެސް މިމައްސަލާގައި ހަތަރު ފުލުހަކާއި ސިފައިންގެ ދެމީހުން ހައްޔަރު ކުރިކަމަށް ފުލުހުން މިހާރުވަނީ އެއްބަސްވެފައެވެ. އަދި މި މީހުން އެކިފަހަރު މަތިން ބިދޭސީން އަތުން ގިނައަދަދެއްގެ ފައިސާތަކާއި އަގުބޮޑެތި ސާމާނު ފޭރިފައިވާ ކަމަށް ތަހުގީގުގައި އިއުތިރާފު ވެފައިވާ ކަމަށް ފުލުހުންވެސް ބުނެއެވެ. ބިދޭސީން ދިރިއުޅޭ ގެއަކަށްވަދެ ކަރުނަގޭސް ޖެހުމަށްފަހު ބިދޭސީންގެ ފައިސާކޮޅާއި އެމީހުން ގެންގުޅޭ އަގުބޮޑެތި ސާމާނުކޮޅު ފުލުހުންނާއި ސިފައިން ފޭރިގެންފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގެ ފަތިހުއެވެ. ފޭރުނު މީހުންގެ ތެރޭގައި ސިފައިންގެ ދެ މީހަކާއި ފުލުހުންގެ ހަތަރު މީހަކު ހިމެނޭއިރު އޭގެތެރޭގައި ފުލުހުންގެ ތަހްގީގް ޓީމުގެ މީހަކާއި ސްޕެޝަލް އޮޕަރޭޝަން ކޮމާންޑް (ސްޓާރ ފޯސް)ގެ މީހަކުވެސް ހިމެނެއެވެ. އާއްމުން ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ސާބިތު ނުވިނަމަވެސް ފޮޓޯއާއި ތަފްސީލު ހާމަކުރި ނަމަވެސް މިމީހުންގެ ފޮޓޯއެއް އަދި ނަމެއް ހާމައެއް ނުކުރެއެވެ. |
















ޚިޔާލެއް ނެތް؟
ކިޔުންތެރިންގެ ޚިޔާލު ލިބިފައި ނެތީ: ހައްޔަރު ކުރެވުނު ފުލުހުންނާއި ސިފައިންނަކީ އާއްމުކޮށް ފޭރޭ ބައެއް – ޕޮލިސް. ޝުޢޫރު ހިއްސާކުރުމުގައި، ބައިވެރިވުމަށް ބޭނުންތޯ؟