ވަހީދުގެ ގަޑުބަޑުވެފައިވާ ރިޔާސީ ބަޔާން

ޝާއިޢު ކުރީ އެޑިޓޯރިއަލް. ލިޔުން ހިމެނިފައި ވަނީ ރިޕޯޓް، ސިޔާސީ މި ބައިގައި

ފާހަގަކުރުން:

Dr-Waheed-Gadubadu-Riyaasee-bayaan

ޝާއިޢުކުރީ: އަންގާރަ, މާޗް 27th, 2012 11:53 pm GMT +5 - (11) ޚިޔާލު

ރައްޔިތުންގެ މަޖިލީހަށް މާޗް މަހުގެ 19 ވަނަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުއްވި ރިޔާސީ ބަޔާނާއި ރައީސުލްޖުމްހޫރިއްޔާގެ އަފީހުގެ ވެބްސައިޓްގައިވާ ރިޔާސީ ބަޔާނާއި ވަރަށް ބޮޑެތި ތަފާތުތައް ހުރިކަމުން ދޭހަވަނީ އޮޅުވާލުމާއި މަކަރުވެރި ރޭވުމަކުން ކަމުގެ ހަޤީގަތް ފޮރުވުމަށްޓަކައި ކުރައްވާފައިވާ ކަމެއްގެ ގޮތުގައެވެ

ރިޔާސީ ބަޔާނުގައި ސަރުކާރުން ވަރަށް މުހިންމު ބިލްތަކެއް މަޖިލީހަށް ހުށަހަޅާފައިވާނެ ކަމުގައި ވިދާޅުވިއިރު އެވާހަކައަކީ ކަނަޑައެޅިގެން ހެދި ބޮޑު ބުހުތާނު ދޮގެއްކަން އެގެނީ މަޖިލިސް 2012 ވަނަ އަހަރަށް ހުޅުވުމާ ހަމައަށް ވެސް އެއްވެސް ބިލެއް ހުށަހަޅުއްވާފައި ނުވާކަމެވެ އަދި މަޖިލީހުގެ ޤަވާއިދުގެ 71 ވަނަ މާއްދާގެ ” (ހ) ގައި ބަޔާންކުރަނީ ސަރުކާރުން ހުށަހަޅާ ބިލް މަޖިލީހަށް ހުށަހަޅާނީ ސަރުކާރު ނިސްބަތްވާ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ނުވަތަ އޭނާ ކަނޑައަޅާ މެންބަރެވެ” އެހެންކަމުން މަޖިލީހުގެ ޤަވާއިދު އިސްލާހުނުކޮށް ސަރުކާރުން މަޖިލީހަށް ބިލް ހުށަނޭޅޭނެކަމީ ފެންނަންއޮތް ހަޤީގަތެވެ

ވަހީދު މަޖިލީހަށް ހުށަހެޅި ބަޔާނުގައި ނުހިމެނޭގޮތުން ރައީސް އޮފީހުގެ ވެބްސައިޓްގެ ބަޔާނުގައި ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ހަލަބޮލިކަމާއެކު، މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ބަޔަކު ނުކުމެ، ރާއްޖޭގެ ބައެއް ރަށްރަށުގައި ބޮޑެތި ހަމަނުޖެހުންތައްވަނީ ހިންގާފައި ކަމަށާއި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ހިންގި ޙަރަކާތްތަކުގައި، ދައުލަތާއި އަމިއްލަ ފަރާތްތަކުގެ ބައެއް ޢިމާރާތްތަކުގައި ހުޅުޖަހައި، ވަރަށް ބޮޑެތި ގެއްލުންތަކެއްވަނީ ދީފައިކަމަށް ބަޔާންކުރިއިރު ފެބުރުއަރީ 7 ވަނަ ދުވަހު ސަލާމަތީ ބާރުތަކުން ދިވެހި ރައްޔިތުންގެ ގައިގާ ތަޅާ އަނިޔާކޮށް އިންސާނިއްޔަތާ ޚިލާފު ޢަމަލުހިންގި ކަމުގެ މައްޗަށް އެއްވެސް ވާހަކަފުޅެއް ފާހަގަ ނުކުރައްވާކަމީ އަދުލުވެރިކަމެއް އިންޞާފުވެރިކަމެއް ނެތްކަން ހާމަވާކަމެއްނޫންތޯއެވެ

ރައީސްއޮފީހުގެ ވެބްސައިޓްގެ ބަޔާނުގައި ” ޑިމޮކްރަސީ ހަރުދަނާކުރުމުގެ މައި މަޝްރޫޢެއް މިހާރުވަނީ އެކުލަވައިލާފައި ކަމަށް ވިދާޅުވި ” ނަމަވެސް މަޖިލީހަށް އިއްވި ބަޔާނުގައި އެވާހަކަތަކެއް ބަޔާނެއް ނުކުރައްވައެވެ؟؟؟ ސުވާލު ނޫފެދޭތޯ

ސަރުކާރުގައި ހިމެނޭ ދީނީ އިލްމްވެރީން ހިތްހަމަޖެއްސުމަށްޓަކައި، ކަމަށް ވެދާނެ ، މަޖިލީހަށް އިއްވި ބަޔާނުގައި ނުހިމެނޭ އެހެނަސް ރައީސްއޮފީހުގެ ވެބްސައިޓްގެ ބަޔާނުގައި ވިދާޅުވެފައިވޭ ؟ ” ހަމައެއާއެކު، އިސްލާމްދީނަށް އަޅުގަނޑުމެންގެ ހިތްތަކުގައި އޮތް ލޯބި އިތުރުކޮށް، އިސްލާމީ ޢަޤީދާ ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަކީ، މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭނެ ކަމެއް ، ހަމައެއާއެކު، ދިވެހިންގެ ޤައުމީ ރޫޙު އާލާކޮށް، ދިވެހިންގެ އެއްބައިވަންތަކަން އިތުރުކުރުމަށްޓަކައި ޚާއްޞަ މަސައްކަތްތަކެއް ކުރެވޭނެ. ރާއްޖޭގެ ތާރީޚާއި ޘަޤާފަތް ދިރުވައި، ދިވެހިންގެ ޤައުމިއްޔަތު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރެވޭނެ. ” މިވާގޮތެއް ވިސްނާލައްވާ

ވަހީދުގެ މަޖިލިސް ބަޔާނުގައި ނުހިމެނޭ އެހެނަސް ރައީސް އޮފީހުގެ ވެބްސައިޓްގެ ބަޔާނުގައި އިތުރަށް ހިމަނާފައިވޭ މިވާހަކަވެސް ” ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ލިބިދިނުމަށްޓަކައި ވޭތުވެދިޔަ އަހަރު ދަނޑުވެރިކަމުގެ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ހިންގިފައިވޭ. ހައްދުންމަތީ ގަމުގައި ދަނޑުވެރިކަމުގެ ދިރާސާތައްކޮށް ދަނޑުވެރިން ތަމްރީނުކުރާނެ ޚާއްޞަ ސްކޫލެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވުމުން.” ހަމަ އެއްވެސް ސުވާލެއް ނޫފެދޭތޯ މިގޮތްވެސް ހަމަ އޯކޭ އެހެންނޫންތޯ

އަދިވެސް އިތުރުކޮށްލާފައިވޭ ރައީސް އޮފީސް ވެބްސައިޓްގެ ބަޔާނުގައި ” ރާއްޖޭގައި އިސްލާމީ ތަޢުލީމު އުނގަންނައިދީ، ތަޢުލީމީ ނިޒާމުގެ ތެރެއިން ދިވެހި މުސްލިމް ޝަޚްޞިއްޔަތެއް ބިނާކޮށް، ތަޢުލީމު ފުޅާކުރުމަށް ކުރެވެން ހުރި މަސައްކަތްތައް އަޅުގަނޑު ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ތިޔަ ޢިއްޒަތްތެރި މަޖިލީހަށާއި، ރާއްޖޭގެ ރައްޔިތުންނަށް އަރުވަން. ” ހަމަ ޔަޤީނުންވެސް މަޖިލީހަށް މުހާތަބުކޮށް ވަހީދު މިވާހަކައެއް ނުދައްކަވާ އެހެނަސް މަޖިލިސް މެންބަރުންނަށާއި ރައްޔިތުންނަށް ޔަޤީނަކަން ދޭކަމަށް އެ ވިދާޅުވަނި ވެބްސައިޓް ބަޔާނުގައި ވަރަށްވެސް ތެދުވެރި ހަމަ އަމާނާތްތެރި އެހެން ނޫންތޯ؟؟

އަޅުގަނޑު ވާނީ މިވާހަކަތައް ނިއުސްކޮންފަރެންސް ގައި ހާމަކޮށްފަވުމުން އެކަމުގެ ހަޤީގަތް ނުބަލާ ބައެއްބޭފުޅުން އަޅުގަނޑާ ޓުވިޓާގަ ދޮގެއްކަމަށް ސުވާލު އުފެއްދި އަދި ބައެއް ދުވަހު ނޫސްތަކުގައި އެވާހަކަތަކާމެދު ކިއުންތެރިން ދެކޮޅުހަދާ ދޮގުހަދަނީ ކަމުގައި ވިދާޅުވެފައިވޭ އެހެންކަމުން އެފަދަ ފަރާތްތަކަށާއި ރާއްޖޭގެ ރައްޔިތުންނަށް ކަމުގެ ހަޤީގަތް އެބޭފުޅަކު އަމިއްލަފުޅަށް ބައްލަވާލައްވާ އަޅާކިޔާލުމަށްޓަކައި ތިރީގައިވާ ދެ ލިންކް ގައި ރައްޔިތުންގެ މަޖިލީހުގެ މާޗް 19 ވަނަ ދުވަހުގެ ޔައުމިއްޔާ އާއި ރައީސް އޮފީހުގެ ވެބްސައިޓްގައިވާ ރިޔާސީ ބަޔާންގައި ހުރި ތަފާތުތައް ހައިލައިޓް ކޮށްފައިވާނެ އަދިވެސް އެއްކަމެއް ފާހަގަކޮށްލަން ޖެހޭ އެދުވަހު މަޖިލީހުގައި މައިކް ސިސްޓަމް ބޭނުންކޮށްގެން ވާހަކަ ދައްކަވާފައިވަނީ މަޖިލީހުގެ ރައީސް އާއި މުޙައްމަދު ވަހީދު ހަސަންމަނިކު އެކަނިކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ ތިބޭފުޅުން އަމިއްލަފުޅަށް ބައްލަވާ ކިޔާލައްވާ އަމިއްލަފުޅަށް އިންޞާފުކޮށްލައްވާށެވެ އަޅުގަނޑު އަބަދުވެސް ބުނާއެއްޗެއް ބުނާނި އެކަމެއް އޮތްގޮތަށެވެ އެކަމެއްގެ ހެއްކާ ގަރީނާ ވެސް ހުރެގެންނެވެ.

11 ޚިޔާލު

ހިމެނިފައިވާ 11 ޚިޔާލު ފާޅުކުރެވިފައި ވަނީ: ވަހީދުގެ ގަޑުބަޑުވެފައިވާ ރިޔާސީ ބަޔާން. ޝުޢޫރު ހިއްސާކުރުމުގައި، ބައިވެރިވުމަށް ބޭނުންތޯ؟

  1. ޝުކުރިއްޔާ އިއްޒަތްތެރި މެންބަރ ސަމީރު!
    ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޝާހިދުގެ އަމިއްލަ މަސްލަހަތު ކުރިއަށް ނެރެފި، ބާޣީ ވަހީދުގެ އޮޅުވާލުމެއްވާކަން މިލިޔުން ކިޔާލީމާ ވިސްނޭ.‫​ ވަރަށް ސަޅި

  2. ގަދަބާރުން މީހުން ރިޔާސީ ބަޔާން އިއްވުން މީ ބޮޑުވަރު މަދެން ހީހީ

  3. މި ވަހީދު އަޅެ ލަދެއް ހަޔާތެއްވެސް ނެތެއްނު، ތިމާމީހާ ނިސްބަތްވާ ޕާޓީގެ ގޮނޑިއެއްވެސް ނެތެއްނު، މާފުއްޕާފަ

    • އާނ ދޯ، އޭނާ އެހެރީ ބާގީ ސިފައިންނާއި ބާގީ ފުލުހުންގެ ނިވަލުގައި ތާށިވެފަ.‫​ އެހެރީ ގޮތް ހުސްވެ ބިރުހީވެފައި

  4. ވަހީދުއަށް އިނގޭހާވެސް ކަމަކީ ގަޑުބަޑު އުފެއްދުމާއި ކަން ކުރުމުގައި ދެކޮޅު ދިމާނުވާހެން ކަންކުރުން.‫​.‫​.‫​

  5. މަޖިލިސް ރައީސް ޝާހިދު މަޖިލީހުގެ ގަވައިދު މުގުރުން އެއީ ޑިމޮކްރަސީއެއްގެ ޅަފަތުގައި ކޮންފަދަ މުޑުދާރުކަމެއްތޯއެވެ؟ ބާގީ ވަހީދު ތިޔަ ބަޔާންގަނޑު ހިފައިގެން މަޖިލީހައް ފުރަތަމަ އައީ 1 މާރިޗް މަހު، ގަދަފައިވިއްދާ ހެދުމުން ޝާހިދު މީޑިއާ މެދުވެރިކޮށް ބުނީ ޑިމޮކްރަސީ ޅަފަތުގައި ހަލާކުވާނެޔޯލަ.‫​.‫​.‫​.‫​ ހޮއްހޮއް ހޮއް މަޖާ ވަރަށް މަޖާ 19 މާރިޗް ގައި ޝާހިދު ގަޅިޖެހުނީ ހެހޭ ލަލަލާ

  6. މިފަދަ ބޮޑެތި އޮޅުވާލުންތައް އޮޅުވާލަނީ އަމާނާތް ތެރިކަން ނެތީމަ.‫​ މިކަން ބޭއިންސަފުން ދިއުމީ އަހަރުމެން ވ ދެރަވާކަމެއް

  7. ރިޔާސީ ބަޔާނެއްގައި ހުންނާން ޖެހޭ ޝަރުތުތަކަކީ ކަނޑައެޅިފައި ހުންނާން ޖެހޭ ކަމަކަށް ވީއިރު މަޖިލީހުގައި ގަދަބާރުން ކީ ހުތުބާގައި އެކަމެއް ފުރިހަމައެއްނުވޭ.‫​

  8. ބޮންޑޭ އަށް ދިފާޢީބާރުތަކުން އަނިޔާކުރަނީ ކީއްވެބާ؟ އަހަންނަށް ހީވަނީ ބޮންޑޭ ސާބިތުކަމާއި އެކީ ހުންނަވާތީ ، ބާޣީން ހަސަދަވަނީހެން، މި ރިޔާސީ ބަޔާން އިއްވުންވެސް ބޮޑު ޖޯކަކަށް ، ވަރަށް ހެއްވާ

  9. ތިޔަމައްސަލަ ބެލެންޖެހޭނެ، ތިކަހަލަ މައްސަލަ އުފެދުނީމާ ޤާނޫނީ މައްސަލައުފެދި ޤައުމު ގަޑުބަޑުވާނެ.‫​.‫​.‫​ މިހާރު މިއޮތީ މިބުނާ ގަޑުބަޑުގެތެރޭގައި.‫​.‫​.‫​ ބަޔަކު އަރާ ގައުމު ދޮވެފައިފި

  10. ވަހީދުމެން ފަދަ ބޭފުޅުން މިހާ ގަދަބާރާއި އެކު އެޒާތައް އުޅުއްވީމާ ވަރައްޖޯކު، ހީވަނީ އެހެންގޮތެއް ނެތީހެން، އެކިތާ އެކިބަޔާން ހައްހައްހާ

ކިޔުންތެރިންގެ ކިޔާލަކީ ލިޔުންތެރިކަމުގެ ކުރިއެރުން ކަމުގައި ވީހިނދު، ބިނާކުރަނިވި ފާޑުކިޔުން ތަކަށް، އުތުރު.ކޮމް އިން މަރުޙަބާ ކިޔަމެވެ. ޚިޔާލު ފާޅުކުރައްވާ!