އަބްދުﷲ އަބްދުއްރަޙީމް އެނބުރި ޑީއާރުޕީ އަށް

ޝާއިޢު ކުރީ އަހްމަދު ޒަބީރު. ލިޔުން ހިމެނިފައި ވަނީ ރާއްޖެ މި ބައިގައި

ފާހަގަކުރުން:

drp

ޝާއިޢުކުރީ: އަންގާރަ, މާޗް 27th, 2012 08:00 pm GMT +5 - (6) ޚިޔާލު

ޑީއާރުޕީ ދޫކުރައްވާ އެމްޑީޕީ އާއި ގުޅިވަޑައިގަތްތާ އެއް އަހަރު ނުވަނީސް މާފަންނު ހުޅަނގުދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަޙީމް އެނެއްކާވެސް ޑީއާރުޕީއާއި ގުޅިވަޑައިގެންފިއެވެ.

ޑީއާރުޕީ އަށް ސޮއި ކުރެއްވުމަށްފަހު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ އިންސާފުގެ ދަތުރުގެ ޖަގަހައިގައި ޖަރީމާތަކެއް ހިންގިކަމަށާއި އެކަން ހުއްޓާލުމަށް އެމްޑީޕީގެ އިސްވެރިންގެ ކިބައިން އެދުމުން އެކަން ހުއްޓާ ނުލުމުން އެމްޑީޕީގެ ހަރަކާތްތަކާ ދުރަށް ވަޑައިގަތީ ކަމަށެވެ.

އަބްދުﷲ އަބްދުއްރަހީމް ޑީއާރުޕީ އާއި ގުޅިވަޑައިގަތުމުން އެމަނިކުފާނަށް ތައުރީފް ކުރައްވާ ޑީއާރުޕީގެ ލީޑަރ އަހްމަދު ތަސްމީން އަލީގެ ޓްވިޓާރ ގައި ” އަބްދުﷲ އަބްދުއްރަހީމް އަކީ ޑީއާރުޕީ އަށާއި ގައުމަށް ރަނގަޅު ކަންތައްތަކެއް ކޮށްދެވުމުގެ ގާބިލްކަން ލިބިވަޑައިގެންފައިވާ ބޭފުޅެއް” ކަމަށް ލިއުއްވާފައިވާ ވެއެވެ.

6 ޚިޔާލު

ހިމެނިފައިވާ 6 ޚިޔާލު ފާޅުކުރެވިފައި ވަނީ: އަބްދުﷲ އަބްދުއްރަޙީމް އެނބުރި ޑީއާރުޕީ އަށް. ޝުޢޫރު ހިއްސާކުރުމުގައި، ބައިވެރިވުމަށް ބޭނުންތޯ؟

  1. ރަހީމު ކަމް އެންޑް ރަހީމު ގޯ .‫​.‫​.‫​ ހައްހައްހާ

    • އަބްދުﷲ އަބްދުއްރަޙީމް އަޅެ ތިޔައީ ގޮތެއް ފޮތެއް ނެތް މީހެއް.‫​ އެނބުރި ސެނބުރިއެއްކަހަލަ، ކުޅޭކުޅިވަރެއްހެން ތިއުޅެނީ.‫​ ހިނދުކޮޅުގައިތޯ؟ ލާރިގަނޑެއްދިނީކަމަށް ބެލެވޭ.‫​

  2. ދިވެހިރާއްޖޭގައި މި އޮންނަ ނިޒާމަކީ ޤާނޫނެއްގައި ލިޔެފައި އޮންނައެއްޗެއް.‫​ އެވެސް މަހުޖަނުންނަށް މޮޅުވާގޮތައް އޮންނަނީ، ރައްޔިތުން އިންތިޚާބު ކޮއްފައިވާ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލް ކުރުމަކީ ޤާނޫނީ ބާގަނޑަކުން ކުރާކަމެއް.‫​ މަލްޓިޕާޓީ ޑިމޮކްރަސީ ވިޔަސް، ސިޔާސީ ޕާޓީ އެކުލެވޭ ވާދަވެރި މާހައުލަކަށް ވިޔަސް، ކަމާއި ގުޅޭ ހަރުދަނާ ޤާނޫނުތައް ނުލިޔެ މަޖިލީހުގެ މެންބަރުން އެކަން އެކުރަނީ ބޮޑުލާރި ލިބޭތީ.‫​.‫​ ޚިޔާނާތް ހިންގަން

    • ރައްޔިތުމީހާގެ ވޯޓަކީ އެއްވެސް އާރެއް ބާރެއް ހުރިއެއްޗެއްކަން ޤާނޫނުން ސާބިތުވާނެ ގޮތަކީ ކޮބައިބާ؟ ރައީސުލްޖުމްހޫރިއްޔާ ހޮވަނީ ވޯޓްލައިގެން، މައްޔިތުންގެ މަޖިލިސް މެންބަރުން ހޮވަނީ ވޯޓްލައިގެން، ރައްޔިތުންހޮވާވެރިމީހާ ވެރިކަމުން ދުރުކުރަނީ ބިރުދައްކައިގެން ކަމަށް ދެކެން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެކި ސިފަސިފައިގާ ކުޅެނީ ފައިސާއިން.‫​.‫​.‫​ ކޮބާ ރައްޔިތުންގެ ވޯޓް؟ މި ކުޅިވަރަށް ދާއިމީ ހައްލެއްބޭނޫންވާނީ ޤާނޫނީ ޔތަރަހައިގެ ތެރެއިން.‫​.‫​.‫​

  3. ކަލޯ އަބްދުﷲ އަބްދުއްރަހީމް ކަލޭ ތިޔައީ އަޅެފަހެ ބާޣީ އެއްތަ؟ އިންސާފުގެ މައިދާނުގައި ޖަރީމާހިންގީ ބައެއް ސިފައިންނާއި ބައެއްފުލުހުން، އެމްޑީޕީއަކުންނެއްނޫން.‫​ ކަލޯ ވީޑިއޯ އެހުންނަނީ ޔޫޓިއުބްގައި ކަލޯ ތީ ހިހޫތަނުންކާ މީހެއްކަމަށް ބެލެވޭ.‫​ ސިޔާސީގޮތުން ހިކުމަތު އަމަލީ މީހުންނަކީ ހޫނުތަން ހިހޫކޮއްގެންކާމީހުން.‫​ މުޅިޤައުމު ވެއްޔާ މޮޑެވިފައި މި ވާ ދަނޑިވަޅު، ތަންދޮރު ނުބަލާ ކީކޭތޯ ތި ކިޔުއްވަނީ.‫​.‫​.‫​.‫​ މަނިކުފާނު މޮޔަފުޅުވީތޯ އަނެއްކާ!

  4. ކަޅޭ ކިހިނެއް ތިހެދީ ހާދައަވަހޭދޯ އެނބުރޭލެއް.‫​ ތީ ބޮޑުވަރު

ކިޔުންތެރިންގެ ކިޔާލަކީ ލިޔުންތެރިކަމުގެ ކުރިއެރުން ކަމުގައި ވީހިނދު، ބިނާކުރަނިވި ފާޑުކިޔުން ތަކަށް، އުތުރު.ކޮމް އިން މަރުޙަބާ ކިޔަމެވެ. ޚިޔާލު ފާޅުކުރައްވާ!