އެމްޑީޕީގެ އިންޞާފްގެ ދަތުރުގެ މައިދާނުގައި ވަޅިޔާ މުގުރުން ޙަމަލާދީ އެތައްބަޔަކު ޒަޚަމް ކޮށް އެސަރަޙައްދަށް ބާޣީ ފުލުހުން އަރާ މުޅިތަން ސުންނާފަތިކުރި – އެމްޑީޕީ

ޝާއިޢު ކުރީ އެޑިޓޯރިއަލް. ލިޔުން ހިމެނިފައި ވަނީ ރާއްޖެ މި ބައިގައި

ފާހަގަކުރުން: ، ، ، ، ، ، ،

7-march-2012-MDP-PROTEST-Police-Attackmdp-member-uthuru

ޝާއިޢުކުރީ: ބުދަ, މާޗް 7th, 2012 11:19 pm GMT +5 - (0) ޚިޔާލު

7 މާޗް 2012 ވީ ދުވަހުގެރޭ ދަންވަރު 02:27 ގައި ދިވެހިންގެ ސަލާމަތީ ބާރު ޚިޞާރުކޮށްގެން ތިބި ބާޣީންނާ ޕީޕީއެމަށް ނިސްބަތްވާ ބަޔަކު އެމްޑީޕީގެ ފަރާތުން ހިންގާ އިންޞާފްގެ ދަތުރުގެ މައިދާނަށް ހަމައެއް ލަމައެއް ނެތި އަރައިގެންފައި ވާކަމަށާއި އެސަރަޙައްދުގައި ނިދާފައި ތިބި އެތައްބަޔަކު ތަޅާ ޒަޚަމް ކުރުމަށްފަހު ދެ ލޮރީ ފުރެންދެން ބާޣީން ވަނީ އެމީހުން ހައިޖެކް ކޮއްފައިކަމަށް އެމްޑީޕީ ހާމަކޮއްފިއެވެ.

މި ހާދިސާގައި އަނިޔާކޮށްފައިވާ ޒުވާނަކުވަނީ އޭ.ޑީ.ކޭގެ އައިސީޔޫގައި ކަމަށާއި މިޒުވާނާގެ ޙާލު ބަލާލުމަށްޓަކާ އެހޮސްޕިޓަލަށްދިޔަ 6 މީހަކު ވެސް ވަނީ ބާޣީންގެ އަތްދަށުގައި ކަމަށް ވެސް އެމްޑީޕީން ހާމަކުރެއެވެ.

އެއްވެސް ރަޙުމެއްނެތި ތަޅާ މަރަމުންދާ ދިވެހިން މިއަދު މިތިބީ ބަޣާވާތަކުން ގެނައި މިލްޓްރީވެރިކަމުގެ އަޅުވެތިކަމުގެ ކަމުގެ ދަށުވެފައި ކަމަށާއި މަރާލާނޭކަމުގެ ބިރުވެރި އިންޒާރު ދީ ޢަމަލީގޮތުން އެމަންޒަރުތަޢް ފެނިފައި ވާކަމަށާއި ތިން ހަފްތާ ވަންދެން ބަޣާވާތް ކުރި އިއްތިޙާދުން ރާއްޖޭގެ ސަލާމަތީ މައިމަރުކަޒާ ދިވެހިންގެ ހަތިޔާރާ ދިވެހިންގެ ބާރުތައް ހިފައި ރާއްޖޭގައި ހިންގަމުންދާ މިލިޓަރީ ވެރިކަން ސިފަވެގެންދަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރޭލުން ކުރަމުންދާ އަނިޔާތަކާއި އެއްވެސް ތަފާތެއް ނެތްކަމަށް އެމްޑީޕީން ހާމަކުރެއެވެ.

އެރޭ ހިންގި ހާދިސާގައި ބާޣީ ފުލުހުން ގޮވަމުން ދިޔައީ އެންމެން މަރައި ހުސްކުރާނޭ ކަމަށާއި، ސަރަޙައްދު ދޫކޮށް އަވަހަށް ދިއުމަށް ފުލުހުން އެވަގުތު ބުނިކަމަށް އެމްޑީޕީން ބުނެއެވެ. އަދި ބާޣީ ވަޙީދަށް ކަންބޮޑުވީ 3 ހަފްތާވަންދެން ސިފައިންނާއި ފުލުހުން އެލާޓް ގައި ތިބެންޖެހި އެބައިމީހުން ރުޅިއައި މައްސަލަ ކަމަށާއި، ރައްޔިތުންގެ އެތައް ހާސްބަޔަކު މަގުތަކަށް ނުކުމެ ކުރަމުންދާ އިހުތިޖާޖް ތަކަށް ބާޣީ ވަހީދާއި އޭނާގެ ޑިކްޓޭޓަރޝިޕްގެ ބައިވެރިންނަށް އެއީ މާބޮޑުކަމަކަށް ނުވާކަމަށާއި، އަނިޔާވެރިކަން ޙައްދުންބޭރުވެފައި ވާ މިބާޣީ ވެރިކަން ނިމިގެންދާނީ އެތަށްބަޔަކު މަރުވެ ދިވެހިބިމުގައި ލޭގެކޯރު ދެމިގެންކަމަށް ސިޔާސީ މުފައްކިރުން ސިފަކުރައްވާ ކަމަށް އެމްޑީޕީން ހާމަކުރެއެވެ.

ޚިޔާލެއް ނެތް؟

ކިޔުންތެރިންގެ ޚިޔާލު ލިބިފައި ނެތީ: އެމްޑީޕީގެ އިންޞާފްގެ ދަތުރުގެ މައިދާނުގައި ވަޅިޔާ މުގުރުން ޙަމަލާދީ އެތައްބަޔަކު ޒަޚަމް ކޮށް އެސަރަޙައްދަށް ބާޣީ ފުލުހުން އަރާ މުޅިތަން ސުންނާފަތިކުރި – އެމްޑީޕީ. ޝުޢޫރު ހިއްސާކުރުމުގައި، ބައިވެރިވުމަށް ބޭނުންތޯ؟

ކިޔުންތެރިންގެ ކިޔާލަކީ ލިޔުންތެރިކަމުގެ ކުރިއެރުން ކަމުގައި ވީހިނދު، ބިނާކުރަނިވި ފާޑުކިޔުން ތަކަށް، އުތުރު.ކޮމް އިން މަރުޙަބާ ކިޔަމެވެ. ޚިޔާލު ފާޅުކުރައްވާ!