ދޯންޏެއް އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި

ޝާއިޢު ކުރީ އެޑިޓޯރިއަލް. ލިޔުން ހިމެނިފައި ވަނީ ރާއްޖެ މި ބައިގައި

ފާހަގަކުރުން: ، ،

maale-city-villingilli

ޝާއިޢުކުރީ: ހޮނިހިރު, މާޗް 3rd, 2012 09:26 pm GMT +5 - (0) ޚިޔާލު

22:05 – ވިލިމާލޭގެ ދެކުނު ފަރާތަށް އަޑިއަށްދާ ޑައިވިންގ ދޯނީގައި ހުރި މުދާތައް، ދޯނީގެ ވެރިފަރާތުން އެސަރަޙައްދަށް ފޮނުވި ދެ ދޯންޏަކަށާއި، ކޯސްޓްގާޑުގެ އުޅަނދުފަހަރަށް ހުސްކުރުމަށްޓަކައި ސިފައިން ދަނީ މިހާރު މަސައްކަތް ކުރަމުންނެވެ. 58 ފޫޓް ހުންނަ މިދޯނީގެ ބޮޑުބައެއް މިހާރު ވަނީ އަޑިއަށްގޮސްފައެވެ. އެހެންކަމުން އިތުރަށް ދޯނި އަޑިއަށްދިޔަ ނުދިނުމަށްޓަކައި ސިފައިން ދަނީ، ދޯނީގެ ވެރިފަރާތުން ފޮނުވި ދެ ދޯނީގައި ވައި ބެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ދޯނީގެ ދިޔަގަނޑު ކޮންޓްރޯލްކުރުމަށްޓަކައި، ތިލަ ތަނަކަށް ގެންދިޔުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

ކޯސްޓްގާޑުން މަޢުލޫމާތު ދެއްވި ގޮތުގައި އަޑިއަށްގޮސްފައިވާ ދޯންޏަކީ “ބަރަކަތު” ނަމަކަށްކިޔާ ދޯންޏެކެވެ. އަދި މިދޯނީގައި 4 ފިރިހެނުން ތިބިއިރު، ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ކޯސްޓްގާޑުން މަޢުލޫމާތު ދެއްވިއެވެ. ގިނަ އަދަދަކަށް ވޯޓަރ ސްޕޯޓްސް އައިޓަމްތަކެއް ހުރި މިދޯނީގައި ހުރި މުދަލުގެ 95 ޕަސެންޓް ސަލާމަތްކުރެވުނު ކަމަށްވެސް ކޯސްޓްގާޑުން މަޢުލޫމާތު ދެއްވިއެވެ.

21:26 – ވިލިމާލޭގެ ދެކުނު ފަރާތުގައި އޮތް ޑައިވިންގ ދޯންޏެއް އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިރޭ ގާތްގަނޑަކަށް 9:00 ހާއިރު ކޯސްޓްގާޑަށް މިކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ކޯސްޓްގާޑުގެ ހާބަރކްރާފްޓް ލޯންޗެއް މިހާރު ދަނީ އެސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި ޑައިވަރުންނާއެކު އިތުރު ލޯންޗެއް އެސަރަޙައްދަށް މިހާރު ދަނީ ދަތުރުކުރަމުންނެވެ.

ޚިޔާލެއް ނެތް؟

ކިޔުންތެރިންގެ ޚިޔާލު ލިބިފައި ނެތީ: ދޯންޏެއް އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި. ޝުޢޫރު ހިއްސާކުރުމުގައި، ބައިވެރިވުމަށް ބޭނުންތޯ؟

ކިޔުންތެރިންގެ ކިޔާލަކީ ލިޔުންތެރިކަމުގެ ކުރިއެރުން ކަމުގައި ވީހިނދު، ބިނާކުރަނިވި ފާޑުކިޔުން ތަކަށް، އުތުރު.ކޮމް އިން މަރުޙަބާ ކިޔަމެވެ. ޚިޔާލު ފާޅުކުރައްވާ!