ދިވެހިރާއްޖޭގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ކޮމަންވެލްތުން ގޮވާލައިފި

ޝާއިޢު ކުރީ އެޑިޓޯރިއަލް. ލިޔުން ހިމެނިފައި ވަނީ ރާއްޖެ މި ބައިގައި

ފާހަގަކުރުން: ،

commonwealth-secretariat

ޝާއިޢުކުރީ: ބުދަ, ފެބްރުއަރީ 22nd, 2012 06:08 pm GMT +5 - (0) ޚިޔާލު

ދިވެހިރާއްޖޭގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ކޮމަންވެލްތުން ގޮވާލައިފިއެވެ.

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން (ސީއެމްއޭޖީން) މިމަހުގެ 17 އިން 19 އަށް ކުރި ޚާއްސަ ދަތުރަށްފަހު، ކޮމަންވެލްތުން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން ދިވެހިރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވުމަށާއި، ރާއްޖޭގައި ހިނގާދިޔަ ކަންތައްތައް ވަކިފަރާތަކަށް ނުޖެހޭ ފަރާތްތަކަކުން ބެލުމަށާއި، ދިވެހިރާއްޖެއާއި މެދު ފިޔަވަޅު އެޅުމަށް ކޮމަންވެލްތުން ނިންމާފައިވެއެވެ

އަދި މިމުއްދަތުގެ ތެރޭގައި ކޮމަންވެލްތްގެ ހަރަކާތްތަކުން އެކަހެރި ކުރުމާއި މިއަހަރުގެ އޭޕްރީލްމަހު ކޮމަންވެލްތުން ކުރާ ދިރާސާގައި ކުރިއެރުން އައިސްފައިނުވާނަމަ ކޮމަންވެލްތުގެ ހަރުކަށި އިންޒާރު ދިވެހިރާއްޖެއަށް ދޭނެކަމަށް ވެސް އެ ޖަމާޢަތުން މިއަދު ވަނީ ނިންމާފައެވެ.

ކޮމަންވެލްތުން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ބާޣީ ސަރުކާރުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވި، ކުރީގެ ޚުދުމުޚްތާރުވެރިޔާގެ އަންހެން ދަރިކަނބަލުން ދުންޔާ މައުމޫން ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބޭރުގެ އެއްވެސް ގައުމަކުން އިންތިހާބެއް ބާއްވަން އެންގޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އަދި އެފަދަ އެއްވެސް ޕްރެޝަރެއް މިހާތަނަށް ޑރ.ވަހީދުގެ ބާޣީ ސަރުކާރަށް އައިސްފައިނުވާ ކަމަށް ވިދާޅުވިތާ 48 ގަޑިއިރުވެސް ނުވަނީހެވެ. ދުންޔާ އެހެން ވިދާޅުވިއިރު އީޔޫ އިން ވެސް ވަނީ އަވަސް އިންތިޚާބަކަށް ގޮވާލާފައެވެ.

ކޮމަންވެލްތާއި އީޔޫ އިން އަވަސް އިންތިޚާބަކަށް ގޮވާލައްވާފައިވާތީ އެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު މިރޭ މަރުޙަބާ ވިދާޅުވިއެވެ.

ސަލާމަތީ ބާރުތަކުގެ ލާއިންސާނީ އަނިޔާވެރި ހަމަލަތަކެއްގެ ސަބަބުން ލިބިވަޑައިގެންނެވި ބޮޑެތި ޒަޚަމްތަކަށް ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުންދާ މޫސަ ވިދާޅުވީ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ ބަޔާންތަކުގެ ސަބަބުން އަވަސް އިންތިޚާބަކަށް ކުރެވޭ އުއްމީދު އިތުރަށް އާލާވެގެން ހިނގައްޖެ ކަމަށާއި، އިންތިޚާބީ ރައީސަކާ ނުލައި ހޭދަވާ ކޮންމެ ދުވަހަކީ ޑިމޮކްރަސީގައި ފަހަތަށް ފިޔަވަޅެއް އެޅެ ދުވަހެއް ކަމަށެވެ.

ޚިޔާލެއް ނެތް؟

ކިޔުންތެރިންގެ ޚިޔާލު ލިބިފައި ނެތީ: ދިވެހިރާއްޖޭގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ކޮމަންވެލްތުން ގޮވާލައިފި. ޝުޢޫރު ހިއްސާކުރުމުގައި، ބައިވެރިވުމަށް ބޭނުންތޯ؟

ކިޔުންތެރިންގެ ކިޔާލަކީ ލިޔުންތެރިކަމުގެ ކުރިއެރުން ކަމުގައި ވީހިނދު، ބިނާކުރަނިވި ފާޑުކިޔުން ތަކަށް، އުތުރު.ކޮމް އިން މަރުޙަބާ ކިޔަމެވެ. ޚިޔާލު ފާޅުކުރައްވާ!