މިސަރުކާރު ދެމިއޮތްހާ ހިނދަކު ބަނގުރާ ނުވިއްކާނެ ކަމަށް ބުނެ ވައިކަރަދޫ އަދާލަތުން އުފާ ފާޅުކޮއްފި

ޝާއިޢު ކުރީ އެޑިޓޯރިއަލް. ލިޔުން ހިމެނިފައި ވަނީ އުތުރު މި ބައިގައި

ފާހަގަކުރުން:

adhaalath-party-Protest-23-23December-2011-vaikaradhoo

ޝާއިޢުކުރީ: ހޯމަ, ފެބްރުއަރީ 20th, 2012 05:07 pm GMT +5 - (10) ޚިޔާލު

މުހަންމަދު ވަހީދުގެ ނާއިބެއްގެ ގޮތުގައި އައްޔަން ކުރެއްވުމަށް ނިންމަވާފައިވާ މުހަންމަދު ވަހީދުއްދީން (ޑީން) ގެ ބަނޑޮސް އައިލެންޑް ރިސޯޓާއި، ގާސިމް އިބްރާހީމްގެ ރިސޯޓްތައް ބޮއިކޮޓްކުރުމަށް ގޮވާލައި، “ފްރެންޑްސް އޮފް މޯލްޑިވްސް” އިން ޓްރެވެލް އެޑްވައިޒަރީ ނޯޓިސް ނެރެފައި ވަނިކޮށް، ވައިކަރަދޫ އަދާލަތު ޕާޓީގެ މެމްބަރުން ތަކެއް އުފާފާޅުކޮއްފިއެވެ.

އެމީހުން މިކަމަށް އުފާފާޅުކުރީ ދިވެހިރާއްޖޭގެ މީހާރު މިއޮތް ޓޫރިޒަމްގެ ސިނާއަތު ނެތިކޮއްލުމަށް އަދާލަތުން ކުރާމަސައްކަތައް ކުރިއެރުންތަކެއް ލިބެމުންދާތީކަމަށް، އެކަމާ ނުރުހުންވި އެޕާޓީގެ ނަންހާމަކުރަން ނޭދޭ މެމްބަރަކު އުތުރު.ކޮމް އަށް މަޢުލޫމާތު ދިނެވެ.

ފްރެންޑްސް އޮފް މޯލްޑިވްސް އިން ޓްރެވެލް އެޑްވައިޒަރީ ނޯޓިސްއެއް ނޯޓިސް ނެރުމާއިއެކު ފުރަތަމަ އެކަމާ އުފާކޮށް ކަންކަން މަތީ ފުނިޖެހި އަދާލަތު ޕާޓީގެ އިސްމެންބަރުން މަޖާނަގަމުން ދިޔައީ ވަރަށް ސިއްރުވެރި ގޮތެއްގައި ކަމަށާއި ނަމަވެސް މަޑުމަޑުން ފެތުރެމުންގޮސް ރަށުތެރެއަށް ޢާންމުވީ ކަމުގައި އެމަންޒަރު ދުއްމީހަކު އުތުރު.ކޮމްއަށް ކިޔައިދިނެވެ. އަދި މިކަން ސިއްރު ކުރަން ޖެހުނީ ރާއްޖޭގެ ބޮޑެތި މަހުޖަނުންނަށް އެކަން އެނގިދާނެތީ ކަމަށާއި އެބޭކަލުންގެ ބަނގުރާ ވިއްކައިގެން ހޯދާ ފައިސާ ކަމަށް ބެލެވޭ އާމްދަނީގެ އަދާލަތަށް ލިބޭ ދީލަތި އެހީފުޅު ކެނޑިދާނެތީކަމަށް ވެސް އެފަރާތުން ބުނެއެވެ.

23 ޑިސެންބަރުގެ އިއްތިހާދުން "އިސްލާމްދީން ހިމާޔަތް ކުރުމަށް ދިވެހިން" މިނަމުގައި ވައިކަރަދޫގައި ބޭއްވި މުޒާހަރާ ތެރެއިން އެމްޑީޕީގެ ޒުވާނުންނަށް ކޮއްފައިވާ އަނިޔާ

“އިސްލާމްދީން ހިމާޔަތުގައި ދިވެން” މިނަމުގައި، 2011 ޑިސެންބަރ 23 ވަނަދުވަހު ވައިކަރަދޫގައި އަދާލަތު ޕާޓީގެ މެންބަރުން މާރާމާރީ ހިންގާފައި ވީނަމަވެސް، އެދުވަހުގެ ޝިޔާރުތަކުގައި ބަނގުރާވިއްކާ ސަރުކާރޭ، ލާދީނީ ސަރުކާރޭ ގޮވާހަދައިފާ ވާކަމަށް، އެދުވަހުގެ މުޒާހަރާގައި ހަރަކާތްތެރިވި އުތުރު.ކޮމް ގެ މުރާސިލުން ބުނެއެވެ. މީގެ އިރުތުން “ބަނގުރާ ނިއުޓްރަލް ކުރޭ” މިހެންވެސް ގޮވާފައިވެއެވެ.

އެފްއޯއެމް އިން ބޮއިކޮޓް ކޮއްފައިވާ ދިވެހިރާއްޖޭގެ ޓުއަރިޒަމް ދާއިރާއާއި ގުޅުން ހުރި ލިސްޓް:

  • ބަނޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާ (ވެރިފަރާތް: ނައިބު ރައީސް މުހައްމަދު ވަހީދުއްދީން-ޑީން)
  • ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ (ވެރިފަރާތް: ގާސިމް އިބްރާހިމް-ވިލާ)
  • ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާ (ވެރިފަރާތް: ގާސިމް އިބްރާހިމް-ވިލާ)
  • ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ (ވެރިފަރާތް: ގާސިމް އިބްރާހިމް-ވިލާ)
  • ހޮލިޑޭ އައިލެންޑް ރިސޯޓް އެންޑް ސްޕާ (ވެރިފަރާތް: ގާސިމް އިބްރާހިމް-ވިލާ)
  • ދަ ހެވަން މޯލްޑިވްސް (ވެރިފަރާތް: ގާސިމް އިބްރާހިމް-ވިލާ)
  • ވިލާ އެއަރ / ފްލައިމީ (ވެރިފަރާތް: ގާސިމް އިބްރާހިމް-ވިލާ)
  • ވިލާ ޓްރެވަލް އެންޑް ޓްއަރ ޕވޓ.ލޓޑ (ވެރިފަރާތް: ގާސިމް އިބްރާހިމް-ވިލާ)
  • ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕވޓ.ލޓޑ (ވެރިފަރާތް: ގާސިމް އިބްރާހިމް-ވިލާ)
  • ޕެރަޑައިސް ހޯލްޑިންގ ޕވޓ.ލޓޑ (ވެރިފަރާތް: ގާސިމް އިބްރާހިމް-ވިލާ)
  • ވިލާ ޑައިވިންގ (ވެރިފަރާތް: ގާސިމް އިބްރާހިމް-ވިލާ)

10 ޚިޔާލު

ހިމެނިފައިވާ 10 ޚިޔާލު ފާޅުކުރެވިފައި ވަނީ: މިސަރުކާރު ދެމިއޮތްހާ ހިނދަކު ބަނގުރާ ނުވިއްކާނެ ކަމަށް ބުނެ ވައިކަރަދޫ އަދާލަތުން އުފާ ފާޅުކޮއްފި. ޝުޢޫރު ހިއްސާކުރުމުގައި، ބައިވެރިވުމަށް ބޭނުންތޯ؟

  1. ވަރަށް ބޮޑު ތެދެއް، ބުރުމާގާސިމް ދިވެހިރާއްޖޭގެ ވެރިކަމަށް އައުމަށް ދީނީ ޝޭހުންގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފާކަން މި ޚަބަރުން ހާމަވޭ.‫​.‫​.‫​

  2. ބަނގުރާ ނިއުޓްރަލް ކުރީމާ އެވީ ފެން ފަދަ އެއްޗަކައް ދެއްތޯ.‫​ ވައިކަރަދޫ ގަ އުޅޭ އަދާލަތު މީހުންނަށް ތަންދޮރު ވަކި ނުވާވަރު މިގެން ދޭހަނަވީ.‫​.‫​.‫​

    • ހައްހައް ހާ ކޮން ނިއުޓްރަލްއެއްކުރާކަށް، ވައިކަރަދޫ އަލީ ސުލައިމާނު އަތުން ނާޖާއިޒް ގޮތުގައި ފައިސާނަގައިގެން ވައިކަރަދޫ އަދާލަތުން ވިޔަފާރި ކުރަނީ ކަމަށް ތުހުމަތު ކުރެވޭ! ވައިކަރަދޫއަށް އެމްމެ ފަހުން ނަޝީދު ވަޑައިގަތް ދުވަހު އަދާލަތު މީހުން އެއުޅުނު ވައްތަރަކުން ބޯހަލާކު.‫​

  3. މި ޚަބަރު ވެގެން މިދިޔައީ މިދަނޑިވަޅާ ވަރައް ގުޅޭ އަޑުއަހަން ބޭނުންވިކަހަލަ ޚަބަރަކަށް.‫​

  4. ދިވެހި ޝޭހުން ޖެހޭނީ ބުރުމާގާސިމް ބުނާގޮތަކަށް ގުދައްވެސް އޮންނަން.‫​.‫​.‫​ ބުރުމާ ބުނާ އަރިޔަކަށް.‫​.‫​.‫​ ދިވެހި ޝޭހުން އެތިބެނީ ބުރުމާ ގާސިމުގެ ކިހިލިފަތީގައި ލައިގެން ހެހެ

  5. ވައިކަރަދޫ އަދާލަތު ޕާޓީ ހިންގަން އިސްމީހަކީ އަލީ .‫​ހެއްނޫން، މިހާރު ވައިކަރަދޫ އަދާލަތު ހިންގަން ހުންނަނީ އަހުމަދު ޝަރީފު ކިޔާމީހެއްކަމަށްވަނީ، ކީއްވެބާ އަލީ .‫​ފުއްޕާފައި އެއުޅެނީ، ވެދާނެ ބުރުމާގާސިމް ރިސޯޓް ހެދިއިރު ވަޑާމުގައި ބުރުމާޔާ ކުޅެކުޅޭ ހުންނަގާތްކަމަކުން އެހީތެރިވަނީކަމަށް.‫​ ތިމާމީހާ މިއަދު ސިޔާސީވެގެން ތިބީމާ ތިމާޔައް ވަނީ ކޮންމޮޅެއްތޯ؟ އަމިއްލަ ނަފުސާ ސުވާލުކޮއްބަލަ! މުޅި ވައިކަރަދޫ ފަސާދަކުރަނީ އަދާލަތުން ކަމަށް ބެލެވޭ.‫​.‫​.‫​

  6. އަލާލަތު ޕާޓީ އޮތުމަކީ އެހާ ސަޅިކަމެއްނޫން .‫​ އެމީހުންބުނޭ މަލްޓިޕާޓީ އަކީ ކަމުދާއެއްޗެއްނޫނޭ.‫​ އެކިޔާއެއްޗެއް ދިމަލެއްނުވޭ

  7. ހާދަ ދުހެއްކޮއްލާފަ މިކަހަލަ ޚަބަރެއް މިއައީ ވަރައް ސަޅި.‫​ ބަގާވަތު ޕާޓީ

  8. ދީނީސިޔާސީ ޕާޓީގެ ހާލަތު މާކަގިނަދުވަހެއްނުވެ ހާމަވެގެންދާނެ، ގޮވިހާ ގޮވެލިފަތީގެ ހަގީގަތްވެސް ހާމަވެގންދާނެ، ރައްޔިތުންގެ ކުރިމަތީގައި ޝޭހުންގެ އަގަކީ ކޮބާކަންވެސް އެގިގެންދާނެ، ކެތްތެރިކަމާއެކު ކުދަދުވަސްކޮޅަކު މަޑުކޮއްލާ،،

  9. 23 ޑިސެމްބަރ އިއްތިހާދުން ގެ ނަމުގައި އެއުޅޭ ދަންނަބޭކަލުންގެ ޖުއްބާގައި އެތިބަ ބާޣީން ކިތަންމެ ރުޅިއަޔަސް ﷲގެދީން އެއިލާހު ފުރިހަމަކުރަށްވާނެ.‫​ މިބުނާ އިއްތިހާދު ބޯޢިން (ޕަޕެޓުން) ލައްވާ ވެބްސައިޓެއްހަދައިގެން މީހުންމަރަށް ގޮވާފަ، އަދި ހެކްކުރިއްޔޭބުނެ އަތައްގޮވީމަ ހެކްކުރިއްޔޭ ބުނެ ބޮޑު ދޮގެއްހެދީ.‫​ ރާއްޖޭގައި ހިންގާ ހުރިހާ ހަމަނުޖެމެއް ހިންގަނީ އިލްމުވެރިންނޭކިޔައިގެންއުޅޭ ޖާހިލުންގެ ބަޔަކާއި އަދާލަތަކާއި އަދި އެ ނުބައި މީހުންގެ ފަހަތުގައި މަސައްކަތް ކުރާ ޑޯގު ތުނބުޅިލައިގެން ދެއްކެން އުޅޭ މީހުން.‫​ތިޔައީ ހަމަ އަނިޔާވެރިން ތިޔައީ ހަމަ މުޖުރިމުން، ކިތައްމެ ފޮރުވިގެން އުޅުނަސް ތިޔައީ އިސްލާމީ މުޖްތަމަޢު ފަސާދަ ކުރި ބައިގަނޑު. ރަލޭ އޫރުމަހޭ ސުޕާއޭ ކިޔާއިރު މިހާރު ބަސް ހުއްޓިގެން ތިތިބެނީ މަކަރާއި ނުބައި ނުލަފާ ކަމުން، ތިޔަފަދަ ލާދީނީ ލާއިންސާނީ ބަޔަކު ބަޣާވާތެއް ގެނައުމަކީ އާކަމެއްނޫން، އަދާލަތު ހިންގަނީ ރަލާ އޫރުމަހުން ލިބޭ ސާފު ފައިދާއިން ، ކިތަންމެ ރޭރުވިޔަސް އެކަމެއް އުވައެއް ނުލެވޭނެ. އޭނައާ ސޭކު ބޮނަކުވާ އާއި އެކު ބޮނަކުވާ ބޯންދުރުވޭ، އެހެން ނޫނީ ޖިހާދުކުރަން ޕާކިސްތާނުގެ އަވަށު ފައިޓަށް ގޮސް ބޭނި ހުސްވެގެން މިޤައުމަށް ވަޑައިގެން މާދީނީ ބަޔަކަށް ހެދިގެން އުޅުނީމާ އެވަނީ ކޮންޗަކަށްތޯ؟.‫​ ވަރަށް ރުޅިއައިސްފި ދޯ

ކިޔުންތެރިންގެ ކިޔާލަކީ ލިޔުންތެރިކަމުގެ ކުރިއެރުން ކަމުގައި ވީހިނދު، ބިނާކުރަނިވި ފާޑުކިޔުން ތަކަށް، އުތުރު.ކޮމް އިން މަރުޙަބާ ކިޔަމެވެ. ޚިޔާލު ފާޅުކުރައްވާ!