ޤާނޫނު ނަންބަރ 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 162 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް، މަސްތުވާތަކެތީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށްކުރާ މީހުންނާއި ކުށްކުރަން ރާވާ މީހުންނާ ބެހޭ ގޮތުން ލިބޭ އިންޓެލިޖެންސް މަޢުލޫމާތު އެއްފަރާތުން އަނެއް ފަރާތަށް ޙިއްޞާކުރާނެ އުޞޫލެއް އެކަށައަޅައި މިދެ މުއައްސަސާގެ މެދުގައި އެއުސޫލަށް ޢަމަލުކުރުމަށް އެއްބަސްވެ 2012 ފެބްރުއަރީ 15 ވަނަ ދުވަހު އެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއުޞޫލުގެ މަޤްޞަދަކީ ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތީގެ މިންވަރާއި ރާއްޖޭގައި ދައުރުވަމުންދާ މަސްތުވާތަކެތީގެ މިންވަރު މަދުކޮށް މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން އެކުގައި މަސައްކަތްކުރުން ކަމުގައި ފުލުހުންގެ މީޑިޔާއިން ހާމަކުރައްވައެވެ.


















ޚިޔާލެއް ނެތް؟
ކިޔުންތެރިންގެ ޚިޔާލު ލިބިފައި ނެތީ: މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ދެމެދުގައި ޑްރަގް އިންޓެލިޖެންސް މަޢުލޫމާތު ޙިއްޞާކުރާނެ އުސޫލެއް ކަނޑައަޅައި އެއުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި. ޝުޢޫރު ހިއްސާކުރުމުގައި، ބައިވެރިވުމަށް ބޭނުންތޯ؟