ވައިކަރަދޫ ވިނަރެސް ޖަމްޢިއްޔާއާއި ހިންގުމަށް ޙަވާލުކުރެވިފައިވާ ވައިކަރަދޫ ރައްޔިތުންގެ އިންޖީނުގެ، ހދ. ވައިކަރަދޫ ކައުންސިލާ ޙަވާލުކުރުމަށް، ޤާރާރެއް ފާސްކޮއްފި

ޝާއިޢު ކުރީ އެޑިޓޯރިއަލް. ލިޔުން ހިމެނިފައި ވަނީ އުތުރު މި ބައިގައި

ފާހަގަކުރުން: ،

secretariat-of-the-vaikaradhoo-council-south-thiladhunmathi-uthuru

ޝާއިޢުކުރީ: އަންގާރަ, މެއި 24th, 2011 04:05 pm GMT +5 - (2) ޚިޔާލު

ވައިކަރަދޫ ވިނަރެސް ޖަމްޢިއްޔާއާއި ހިންގުމަށް ޙަވާލުކުރެވިފައިވާ ވައިކަރަދޫ ރައްޔިތުންގެ އިންޖީނުގެ، ހދ. ވައިކަރަދޫ ކައުންސިލާ ޙަވާލުކުރުމަށް، ވައިކަރަދޫ ކައުންސިލުން ޤާރާރެއް ފާސްކޮއްފިއެވެ. ފާސްކުރި ޤަރާރުގައި ވަނީ ތިރީގައި މިވާފަދައިންނެވެ.

ހދ. ވައިކަރަދޫ ވިނަރެސް ޖަމްޢިއްޔާއާއި ހިންގުމަށް ޙަވާލުކުރެވިފައިވާ ވައިކަރަދޫ ރައްޔިތުންގެ އިންޖީނުގޭގެ ކަރަންޓުގެ ޚިދުމަތް ހުއްޓާލަން ޖެހޭކަން ބަޔާންކޮށް، އެޖަމްއިއްޔާގެ ނަންބަރ:VINM/11/08 ( މެއި 21 2011) ސިޓީން ވައިކަރަދޫ ކައުންސިލްގެ ސަމާލުކަމަށް ގެންނަވާފައި ވީހިނދު، ކުރީގެ ވައިކަރަދޫ އޮފީސް ނުވަތަ ވައިކަރަދޫ ކައުންސިލްގެ އިދާރާ އާއި ކުރީގެ “ވައިކަރަދޫ އެކުވެރިންގެ ރޫޙް” ނުވަތަ “ވިނަރެސް” އާދެމެދު ސޮއިކުރެވިފައިވާ ހަނދާނީ ފަތުގައި، ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން، ވައިކަރަދޫ ވިނަރެސް ޖަމްޢިއްޔާއާއި ހިންގުމަށް ޙަވާލުކޮއްފައިވާ، ވައިކަރަދޫ ރައްޔިތުންގެ އިންޖީނުގޭގެ އެންމެހާ މިލްކިއްޔާތާއި، އެތަނާގުޅޭ އެންމެހާ ލިޔެކިޔުންތަކާއި، މުޢާމަލާތްތައް، 25 މެއި 2011 ވަނަ ދުވަހުން ފެށިގެން 02 ދުވަހުގެ ތެރޭގައި ވައިކަރަދޫ ކައުންސިލާއި ޙަވާލުކުރުމަށް، 24 މެއި 2011 ވަނަ ދުވަހު ބޭއްވުނު ހދ. ވައިކަރަދޫ ކައުންސިލްގެ 3 ވަނަ ކުއްލި ޖަލްސާއަށް ޙާޞިރުވި މެމްބަރުންގެ އިއްތިފާޤުން ނިންމާ މިޤަރާރު ފާސްކޮއްފީމެވެ.

މިގަރާރު ފާސްކުރަން ޖެހުނީ ރައްޔިތުން ނަށްލިބިދޭ އަސާސީ ޚިދުމަތަކުން ރައްޔިތުން މަޙްރޫމް ވެދާނޭ ކަމުގެ ބިރުވެރިކަން ވައިކަރަދޫ ރައްޔިތުންގެ މެދުގައި އުފެދިފައި ވާތީކަމަށް ވެއެވެ.

މިފަދަ ޤަރާރެއް މިދަނޑިވަޅުގައި ފާސްކުރި ކުރުމަކީ ވައިކަރަދޫ ތާރީޚްގެ ތެރެއަށް ރަންއަކުރުން ޖަރީވެގެން ދާނެކަމަކަށް ވުމާއިއެކު ވައިކަރަދޫ ކައުންސިލް ހަޔާތުގައި ފާސްކުރެވުނު ފުރަތަމަ ޤަރާރެވެ.

ވައިކަރަދޫ ކައުންސިލްގެ ކުއްލި ބައްދަލުވުމަކުން ފާސްކުރެވުނު މި ޤަރާރު މިހާރުވާނީ ވިނަރެސް ޖަމިއްޔާއާއި ހަވާލު ކުރެވިފައެވެ. އަދި ވައިކަރަދޫ ކައުންސިލްގެ އިދާރާގެ ނޯޓިސްބޯޑުގައި ހަރުކުރެވިފައެވެ.

ވައިކަރަދޫ ވިނަރެސް ޖަމްޢިއްޔާއާއި ހިންގުމަށް ޙަވާލުކުރެވިފައިވާ ވައިކަރަދޫ ރައްޔިތުންގެ އިންޖީނުގެ، ހދ. ވައިކަރަދޫ ކައުންސިލާ ޙަވާލުކުރުމަށް، ވައިކަރަދޫ ކައުންސިލުން ފާސްކުރި ޤަރާރު ޑައުންލޯޑް ކުރުމަށް ފިތާލާ!

ވައިކަރަދޫ ރައްޔިތުންގެ އިންޖީނުގެ، ހދ. ވައިކަރަދޫ ކައުންސިލާ ޙަވާލުކުރުމަށް، ވައިކަރަދޫ ކައުންސިލުން ފާސްކުރި ޤަރާރު.

ޚަބަރު: އަބްދުﷲ

2 ޚިޔާލު

ހިމެނިފައިވާ 2 ޚިޔާލު ފާޅުކުރެވިފައި ވަނީ: ވައިކަރަދޫ ވިނަރެސް ޖަމްޢިއްޔާއާއި ހިންގުމަށް ޙަވާލުކުރެވިފައިވާ ވައިކަރަދޫ ރައްޔިތުންގެ އިންޖީނުގެ، ހދ. ވައިކަރަދޫ ކައުންސިލާ ޙަވާލުކުރުމަށް، ޤާރާރެއް ފާސްކޮއްފި. ޝުޢޫރު ހިއްސާކުރުމުގައި، ބައިވެރިވުމަށް ބޭނުންތޯ؟

  1. ބޮޑުތިލަދުންމަތީ ބޮޑުމަންޒަރު ޙަޤީގަތަކަށް ހެދުމަށް ތިކުރާ މަސައްކަތް ވަރަށް ސަޅި، އެޑަމް ، ސިރާޖް އަދި ހާޝިމް (ޓިންޓިން) ޝުކުރިއްޔާ!

  2. Thank you so much for this airctle, it saved me time!

ކިޔުންތެރިންގެ ކިޔާލަކީ ލިޔުންތެރިކަމުގެ ކުރިއެރުން ކަމުގައި ވީހިނދު، ބިނާކުރަނިވި ފާޑުކިޔުން ތަކަށް، އުތުރު.ކޮމް އިން މަރުޙަބާ ކިޔަމެވެ. ޚިޔާލު ފާޅުކުރައްވާ!