އުތުރު

ފުވައްމުލަކަށް ދޮންއަނބުގެ ކާރިސާ އެއް
މިއަހަރުގެ އަނބު މޫސުމާއި ދިމާކޮށް މޫސުން ގޯސްވެ ދަތުރު ފަތުރު ކުރުމަށް ދަތިތަކާއި ދިމާވުމުގެ ސަބަބުން ފުވައްމުލަކުގައި އަނބު ހައްދާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހިއްޖެއެވެ. ފުވައްމުލަކަކީ ކޮންމެ އަހަރެއްގެ ވެސް އަނބު މޫސުމާއި ދިމާކޮށް ބޮޑެތި ފައިދާތަކެއް ހޯދާ ރަށެކެވެ. މީހުން ދިރިއުޅޭ 2100 ގެ ހުންނަ އިރު 2000 ވުރެ ގިނަ އަނބު  ގަސް ފުވައްމުލަކުގައި ހުރެއެވެ.

އެވެރެޖްކޮށް ކޮންމެ އަނބު މޫސުމެއްގައި ވެސް އަނބުގަހެއް ހުންނަ ގެއެއް ނަމަ 12000އާއި 15000 ދެމެދުގެ އަދަދަކަށް އަނބު ވިއްކައިގެން ނަފާ ހޯދާ ކަމަށް ފުވައްމުލަކު ރަށު ކައުންސިލްތަކުން މައުލޫމާތުދެއެވެ. ފުވައްމުލަކުގެ މީހުން ތިބީ އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ހުރިހާ ގަހެއްގައި ވެސް އަނބު އެޅިލެއް ގިނަ ކަމުން ފައިދާ ބޮޑުވާނެ ކަމަށް އުންމީދުކޮށްގެންނެވެ. ނަމަވެސް މޫސުން ގޯސްވެ ކަނޑުގަދަވެ ދަތުރުފަތުރު ކުރުމަށް އުނދަގޫވުމަކީ ރައްޔިތުން މާޔޫސް ކުރުވި ކަމެކެވެ..

“ދަތުރު ދޯންޏަކަށް މުޅި ފުވައްމުލަކުން އެރުވި ދެ ލައްކައެއްހާ އަނބު، މޫސުން ގޯސްވުމުގެ ސަބަބުން ސަތަރި އަޅައިގެން ދާން ޖެހުމުން، ހުރިހާ އަނބެއްހެން ހަލާކުވީ، މޫސުން ގޯސްވުމުގެ ސަބަބުން ވެސް ވަރަށް ގެއްލުން ލިބިއްޖެ، ގަހެއްގެ ދަށުން އެބަ ނަގަން ޖެހޭ ހާހަކާއި ގާތް ކުރާ އަދަދަކަށް އަނބު ކޮންމެ ދުވަހަކު ވެސް،މިހެންވުމުން އެންމެ އެކަށީގެންވާ އަގެއް ވެސް ނުލިބޭ، ރުފިޔާއަކަށް ހަތަރެއް ފަހެއް އަނބު އެބަ ވިއްކާ ފުވައްމުލަކުގައި،” ގިނަ ގަސް ގެންގުޅޭ މީހަކު އުތުރު.ކޮމް އަށް ކިޔާ ދިނެވެ.

“ބޭބެގެ އަށް ގަސް ހުރޭ، ހުރިހާ އަނބެއް ބިން މައްޗަށް ފައިބާ ހަލާކުވަނީ މި،” އަށް ގަސް ގެންގުޅޭ މީހެއް ކަމަށްވާ މުހައްމަދުބެ ކިޔާ ދިނެވެ.

ބައެއް ގޭގޭގައި އެންމެ ގަހެއް ހުންނަ އިރު ފަސް ހަ ގަސް، އަށް ގަސް ހުންނަ ގޭގޭ ވެސް މަދެއް ނޫންނެވެ.

ފުވައްމުލަކު ރަށުކައުންސިލް ތަކުން ލަފާ ކުރާ ގޮތުގައި މޫސުން ގޯސްވެ ދަތުރުފަތުރުކޮށް އުޅުމަށް ދިމާވި ދަތިތަކުގެ ސަބަބުން އެވްރެޖުކޮށް ކޮންމެ އަނބު މޫސުމަކާއި ދިމާކޮށް އެރަށުގެ ރައްޔިތުން ނަގަމުންދާ ފައިދާ މިފަހަރު މާބޮޑަށް ވެސް ދަށްވާނެއެވެ.

“2100   ގެ ހުންނަ އިރު 2000 ވުރެ ގިނަ އަނބު ގަސް ހުރޭ، އެވެރެޖްކޮށް އަނބު މޫސުމުގައި އެންމެ ގަހެއް ހުނަ ގޭގެއަށް ވެސް 12000އާއި 15000 ރުފިޔާއައި ދެމެދުގެ އަދަދަކަށް ފައިދާ ލިބޭ. ބައެއް ގޭގޭގައި ހުރޭ ފަސް ގަސް ހަ ގަސް ވެސް، އަށް ގަސް ވެސް، އެގޭގޭއަށް 30000 އާއި 40000 ރުފިޔާއާއި ދެމެދުގެ އަދަދަކަށް ފައިދާ ލިބޭނެ. އެކަމަކު މިފަހަރު ވަރަށް ބޮޑަށް ގެއްލުންވާނެ، އަންދާޒާ މިކުރެވެނީ އެހެން ފަހަރުތަކާ އަޅާ ބަލާއިރު ފައިދާ ތިން ބައިކުޅަ ދެބަޔާއި ގާތް ކުރާ ވަރަށް ވެސް ނުލިބޭނެ ކަމަށް، މާނައަކީ އެވެރެޖްކޮށް 12000، 15000 ނަގަމުން ގެންދާ ގޭގެއަށް 4000 ނޫނީ 3000 ރުފިޔާ ލިބިދާނެއޭ،” އުތުރު.ކޮމް އަށް މައުލޫމާތު ދެއްވަމުން ހޯދަޑު ކައުންސިލުގެ ރައީސް މުހައްމަދު އިބުރާހިމް ވިދާޅުވިއެވެ.

ފުވައްމުލަކުގެ ރަޢްޔިތުން އުއްމީދު ކޮށްގެން ތިބީ މިގޮތަށް ދިމާވުމުން ސަރުކާރުން ކާރގޯ ފުލައިޓެއް ފޮނުވައި އަނބު މާލެ ފޮނުވެވޭނެ އިންތިޒާމެއް ހަމަޖައްސާ ރަޢްޔިތުންނަށް މި ދިމާވެފައިވާ ބޮޑު ގެއްލުން ފޫބައްދަން މަސައްކަތް ކުރާނެކަމަށެވެ. ނަމަވެސް ހަމަ ހީވެސް ނުވާކަހަލައެވެ.

އަދި އަނބުތައް ދޮންވެގެން ވިއްސާރަ ވެހޭހެން އޮހޭ އިރު ދުއްވާ އެއްޗެއްސަށާ މީހުންގެ ބޮލަށް އަނބުތަށް ފައިބަނީ މަދެއްކޮށެއްނޫނެވެ.

މިހެންވެ ބައެއްކައުންސިލްތަކުން ވަނީ މި ދުވަސްވަރު ހިނގާ ބިގާވެ އުޅުއްވާއިރު ހެލްމެޓު އަޅުއްވާގެން އުޅުމަށް އިލްތިމާސް ކޮށް ފައެވެ.އަދި މިކަމުގައި ވާ ގެއްލުމަކަށް ޒިންމާ ނުނަގާނެވާހަކަ ވެސް ވަނީ އަންގާފައެވެ،

ފުނާޑު ޑިވެލޮޕުމެންޓު ކޯޕަރޭޓިވު ސޮސއިޓީން ހިންގި ވޯރކުޝޮޕުގެ ބައިވެރިންނަށް ސެޓުފިކެޓު ދީފި
ރިޕޯޓަރ/ކުލްސޫމާ ކަޓިޝް ކުލީ

ފުނާޑު ޑިވެލޮޕުމެންޓު ކޯޕަރޭޓިވް ސޮސައިޓީ، އާއި ގުޅިގެން މޭ 06 ފެށިގެން 10 އަކަށް ކުރިއަށް ގެންދިޔަ ފިޝަރީޒް މިނިސްޓްރީގެ އެގުރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގުރާމް ނިމި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

ދަރިވަރުންނަށް ސެޓުފިކެޓު ބައްސަވައިދެއްވީ، އެކަމަށްޓަކައި ހާފިޒުއަހުމަދުސުކޫލްގެ ޓީއާރުސީގައި  ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފުވައްމުލަކު ދެކުނު ދާއިރާގެ އަތޮޅު ކައުންސިލަރ މުހައްމަދު ޝަފީޤު އަދުނާން އާއި ފުވައްމުލަކު ފުނާޑު ކައުންސިލްގެ ނާއިބު ރައީސް އިބުރާހިމް ޢަބުދުﷲ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓުރީގެ އޮފިޝަލް (އަފުޒަލް) ވިދާޅުވީ އެގުރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕުރޮގުރާމުގެ ދަށުން މިހާތަނަށް ހިންގި ޓްރެއިނިންގ ޕުރޮގުރާމް ތަކުގެ ތެރެއިން މި ނިމިދިޔަ ޕުރޮގުރާމް އަކީ އެންމެ ރަނގަޅު އެއް ޕުރޮގުރާމް ކަމުގައެވެ. އަދި ޓްރެއިނިންގ ހުރިހާ ބައެއްވެސް ދަރިވަރުން ވަރަށް ރަނގަޅަށް ފުރިހަމަކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ފުނާޑު ޑިވެލޮޕުމެންޓު ކޯޕަރޭޓިވު ސޮސައިޓީއާއި ގުޅިގެން ވަރަށް އަވަހަށް އިތުރު 4 ޓުރެއިނިންގ ކޯސްތަކެއް ފެށުމަށް ހަމަޖެހިފައިވާ ވާހަކަވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އޮފިޝަލު(އަފުޒަލް) ވިދާޅުވީ ފުވައްމުލަކުގައި އިތުރަށް ބޭއްވުމަށް ހަމަޖެހިފައިވާ ކޯސްތަށް ފުވައްމުލަކުގެ ކައުންސިލް ތަކާއި އެފު.ޑީ.ސީ.އެސް މެދުވެރިކޮށް ވަރަށް އަވަހަށް އިޢުލާން ކުރެވޭނެކަމަށެވެ.

އަދި ބައިވެރި އެއްގެ ހައިސިއްޔަތުން އާމިނަތު ޒުހުދާ (ދިގުވާނޑު އަންހެނުންގެ ތަރައްޤީ އަށް މަސަތްކަތް ކުރާކޮމިޓީގެ ރައީސާ)ވިދާޅުވީ މިއީ ވަރަށް އުއްމީދު ކުރެއްވި ވަގުތެއް ކަމަށާއި މިވޯރކުޝޮޕުގެ ސަބަބުން ވަރަށް ގިނަ މައުލޫމާތު ލިބިގެން ދިޔަކަމަށެވެ. އަދި މި ވޯރކުޝޮޕުގައި ގިނަ އަންހެންކަނބަލުން ބައިވެރި ވުމަކީ އެކަމަނާ ވަރަށް އުފާކުރެއްވި ކަމެއް ކަމަށާއި އުއްމީދަކީ މިކަހަލަ ފުރުސަތު އިތުރަށް ލިބުންކަމަށެވެ.

ފުނާޑު ޑިވޮލޮޕުމެންޓު ކޯޕަރޭޓިވު ސޮސައިޓީ އަކީ މީހުން ބިނާކުރުމުގައި ވަރަށް އިސްކަމެއްދޭ ކޯޕަރޭޓިވު އެކެވެ. އެސޮސައިޓީން ވަނީ މީގެ ކުރިން ވެސް ޓުއަރިޒަމް ދާ އިރާއިން ހައުސްކީޕިން އަދި ފުރަންޓު އޮފީސް ކޯހެއް ހިންގައިފައެވެ. އަދި ކޯސް ފުރިހަމަ ކުރި ކުދިން މިހާރު ތިބީ ވަޒީފާގަ ކަން ވެސްފާހަގަކޮށްލެވެއެވެ.

ސިއްސައިގެންދާ ވަރުގެ އިންވެސްޓުމަންޓު!
ޑޮކުޓަރ ވަހީދު ހަސަން ދާދި ފަހަކުން ޖަލްސާއެއްގައި މުހާތަބުކޯށް ވާހަކަދައްކަވަމުން “އަޅުގަނޑަންއެގިފައިވާ ގޮތުގައި ދާދިއަވަހަށް ސިއްސައިގެން ދާވަރުގެ އިންވެސްޓުތަށް އަންނަން ހުރިކަން އަޅުގަނޑަން އެގޭ” ކަމަށް ވަނީ ވިދާޅުވެފައެވެ.

މިހެން ވިދާޅުވެ މާގިނަ ދުވަސްތަކެން ނުވެ ދެންފެނިގެން ދިޔައީ އޮލިންޕަސް ސިނަމާ އެންމެ ފަހުގެ އާލާތްތައްބޭނުން ކޮށްގެން ފެންވަރުރަގަޅު ސިނަމާއެއްގެ ގޮތުގައި ހުޅުވިގެން ދިޔަ މަންޒަރެވެ. އެރޭ ޑޮކުޓަރ ވަހީދު ހަސަން ވާހަކަ ދައްކަވަމުންވަނީ މިކަމަށް ހަރަދުކުރި މީހުން ނަން ހާމަކުރަން ބޭނުން ނުވާކަމަށްބުނެފައެވެ. ސުވާލުއުފެދޭ ކަހަލަ ވާހަކައެކެވެ. ރާއްޖޭގަ ފަންޑުތަކަށް ލާރިލާފަވެސް އާންމުންނާއި ވިޔަފާރިވެރިން ނަންހާމަ ކުރަމުން ދާއިރު، މިފަހަރު އޮލިންޕަސް މަރާމާތު ކުރުމަށް ހަރަދުކުރި މީހާބޭނުންވީ ނަންހާމަނުކުރުމަށެވެ.

ދެން ކުއްލިޔަކަށް ފެންމަތިވެގެން އައީ ގަބޫލުކުރަންދަތި އެހެނަސް ހަގީގަތެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ޖަރީމާތައް ހިންގާފައި ތިބި 2މީހަކު ރާއްޖޭގައި އުޅެމުންދާ ވާހަކައެވެ. އަދި މި ދެމީހުންނާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި އޮންނަ ގާތް ގުޅުމުގެ ވާހަކައެވެ. މިގުޅުމަށް ތަފުސީލުކޮށް ބާލާލަމާތޯއެވެ.

އެންމެ ފުރަތަމަވެސް މި އަޑުތައް ފެތުރިގެން ދިޔުމުން ނޫސްވެރިން އަދީބުއާއި ސުވާލު ކުރުމުން ވިދާޅުވެފައި ވަނީ ފަހުން ޖަވާބު އަރުވާނެ ކަމުގައެވެ. މިހެންވިދާޅުވެ، އަނެށް ދުވަހު ވިދާޅުވީ އެއްވެސް ގުޅުމެއް އެމީހުނާއި ނޯންނަކަމަށާއި އަދި ހުޅުމާލެއިން އެމީހުނާއި ދިމާވިކަމަށެވެ. ނަމަވެސް ދެން ފެނިގެން ދިޔައީ އަނެއްކާވެސް އަދީބު ހައްދަވަނީ ދޮގުކަން ސާބިތުވާވަރުގެ ވީޑިއޯ އެކެވެ. ވީޑިއޯއިން ފެންނަނީ ޓުއަރިޒަމް މިނިސްޓަރ އަދީބް އަދި ޑިފެންސް މިނިސްޓަރ ނާޒިމް އަށް ފަހު  އަރުތޫރު ސަގަރްސިޔަން ދިދަ ހޫރާލާ މަންޒަރެވެ. މިވީޑިއޯ އާންމުވެފައި ވާއިރުވެސް މިނިސްޓަރ އަދީބާއި ނާޒިމް ވެސް ވަނީ ބައެއް މީޑިއާ ތަކުގައި އާތަރ ދެބެންނާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ވިދާޅުވެ އެދެބޭފުޅުންނާއި އާތަރ ދެބެންނާއި ގުޅުން އޮންނަކަމަށް ދެކެވޭ ވާހަކަ ދޮގުކުރައްވާފައެވެ.

ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އަރުމޭނިޔާގެ މަޝްހޫރު ދެ ބޭން ކަމަށްވާ  އަރުތޫރު ސަގަރްސިޔަން އާއި އަރުތޫރު އަރުތަގް ސަގަރްސިޔަންއާއި (އާތަރ ބްރަދާސް) އަށް ވިސާ ހޯދުމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް، އިމިގްރޭޝަން ކޮންޓްރޯލަރ ޑރ. މުހަންމަދު އަލީއަށް ލިޔުއްވާފައިވާ ސިޓީއެއް ކަމަށް ބުނާ ސިޓީއެއް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސިޓީގައި ބުނެފައިވަނީ އާތަރ ބްރަދާސް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ “އާތަރ ބްރަދާސް ވޯލްޑް ކަނެކްޝަން ޕްރައިވެޓް ލިމިޓެޑް” އަކީ ރާއްޖޭގައި ޓޫރިޒަމްއަށް އިންވެސްޓް ކުރާ ކުންފުންޏެއް ކަމަށެވެ. އެގޮތުން ވިޔަފާރީގެ ކަމެއްގައި އެ ކުންފުނީގެ ދެ ހިއްސާ ދާރުން، އާތަރ ބްރަދާސް ރާއްޖޭގައި ގިނަ ދުވަސްތަކެއް ތިބެން ޖެހޭ ކަމަށާއި، އެހެން ކަމުން އެ ދެ މީހުންނަށް “ރެޒިޑެންޓް ވިސާ” ހަމަޖައްސައި ދިނުމަށް އެދޭ ކަމަށެވެ.

ސިއްސައިގެން ނުދާވަރެއްނޫންތާއެވެ. ސިއްސައިގެންގޮސް ހިތްބަލިމީހަކު ހިތްހުއްޓޭހާވެސް ވަރުގަދަ އިންވެސްޓުތަން މިހިރަގެން އަންނަނީތާއެވެ.

ވައިކަރަދޫގެ ދެވަނަ އޮންލައިން ނޫސް ރެޖިސްޓްރީކޮށްފި
ހދ. ވައިކަރަދޫއަށް ނިސްބަތްވާ ދެވަނަ އޮންލައިން ނޫހެއް 25 މާޗް 2013ގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގައި ރެޖިސްޓްރީކޮށްފިއެވެ. ދެވަނައަށް ރެޖިސްޓްރީކުރި އޮންލައިން ނޫހަކީ ދުވާލަކު އެއްފަހަރު އަޕްޑޭޓްކުރާގޮތަށް، “ބީފިފްޓީން.އެމްވީ” -www.b15.mv  – ގެ ނަމުގައި ރެޖިސްޓްރީކުރި ނޫހެކެވެ.

މިނޫހުގެ މަސްއޫލުވެރިޔަކީ ހދ. ވައިކަރަދޫ އަމަން، މުޙައްމަދު ވަސީމެވެ. މި ނޫހުގެ އެޑިޓަރަކީ ޢަލީ އަހްސަން އިޙްސާނެވެ. އަދި ނޫސް ރެޖިސްޓްރީކޮއްފައިވާ އިދާރާއަކީ، ހދ. ވައިކަރަދޫ މާތިލައެވެ.

ވައިކަރަދޫގެ ފުރަތަމަ އޮންލައިން ނޫހެއްގެ ގޮތުގައި، 2010 ޖުލައި 21 ވަނަދުވަހު ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގައި  ރެޖިސްޓްރީކޮށްފައިވާ، އުތުރު.ކޮމް – www.uthuru.com – ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައިވަނީ، ދިވެހި ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ، އަލްފާޟިލް މުޙައްމަދު ނަޝީދެވެ.

އުތުރު.ކޮމް އަކީ ހދ. ވައިކަރަދޫ މިސުރުރުވާގޭ އަހްމަދު ހާޝިމްގެ އެޑިޓަރު ކަމުގެ ދަށުން ހިންގަމުން އަންނަ އޮންލައިން ނޫހެކެވެ. އުތުރު.ކޮމް ރެޖިސްޓްރީކޮއްގެން ހިންގާތާ މިއަދަށް މިވީ 2 އަހަރާއި 8 މަސްދުވަހާއި 6 ދުވަހެވެ.

އުތުރު ޑޮޓްކޮމް ރައީސުލްޖުމްހޫރިއްޔާ މިއަދު އިފްތިތާޙްކޮށްދެއްވައިފި

“އިންސާފްގެ ދަތުރު މެކުހަށް” ޖެހުމަށް ގޮވާލާ އެމްޑީޕީ ނެރޭ ނޫސް ބަޔާން
ނަންބަރު:MDP-2013-PR-27

ތާރީޚް: 18 މާރޗް 2013 (ހޯމަ)

“އިންސާފްގެ ދަތުރު މެކުހަށް” ޖެހުމަށް ގޮވާލާ އެމްޑީޕީ ނެރޭ ނޫސް ބަޔާން.

ދިވެހިރައްޔިތުން ޑެމޮކްރެޓިކް ޕާޓީ އެމްޑީ ޤައުމީ މަޖިލީހުން ރޭގައި (17 މާރޗް 2013ގައި) ނިންމި ނިންމުމާއި ގުޅިގެން، ކުރިއަށް އޮތް ދުވަސްތަކުގައި “އިންސާފްގެ ދަތުރު”ގެ ނަމުގައި މިޕާޓީން ހިންގާ ކެމްޕެއިން އިތުރަށް ވަރުގަދަކޮށް “އިންސާފްގެ ދަތުރު މެކުހަށް” މި ނަމުގައި، މިއަދުން ފެށިގެން ކެމްޕެއިން ކުރިއަށް ދާނެއެވެ.

މިގޮތުން ކޮންމެ ދުވަހަކު މެންދުރު 2ން ފެށިގެން ސުޕްރީމް ކޯޓުގެ ކުރިމަތީގައި “ސީދާ ހަރަކާތް” ކުރިއަށް ދާނެއެވެ. އަދި “އިންސާފްގެ ދަތުރު މެކުހަށް” މި ކެމްޕެއިންގައި ވީހާ ވެސް ގިނަ މެމްބަރުންނާއި މި ޕާޓީއަށް ތާޢީދުކުރައްވާ ފަރާތްތަކުން ބައިވެރިވެ ވަޑައިގަތުމަށް އެދި ޕާޓީން ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް

ހިރިމަރަދޫ ރައްޔިތުން އިހްތިޖާޖްގައި
ރަށުގައި ބަނދަރެއް ނެތި ގިނަ ދުވަސްތަކެއް ވެފައިވާތީ ހދ ހިރިމަރަދޫ ރައްޔިރުން ނިކުމެ އެރަށު ކައުންސިލް އިދާރާ ބަންދުކޮށްފިއެވެ.

އުތުރު.ކޮމް އަށް މައުލޫމާތު ހިއްސާ ކުރައްވަމުން ހިރިމަރަދޫ ރައްޔިތަކު ބުނީ ރަށުގައި ލަފާ ފުރޭނެ ގޮތެއް ނެތި ރައްޔިތުން ރަށުބަންދުވެފައި ވާތީ ބަނދަރެއް ހެދުމަށް ގޮވާލާ އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ މިއަދު ހެނދުނުންފެށިގެން ސުލްޙަވެރިކަމާއި އެކު އިހްތިޖާޖް ކުރަމުން ގެންދާކަމަށެވެ.

ހިރިމަރަދޫ ކައުންސިލް ގެ މެމްބަރު އާއި ހަވާލާދެއްވާ ބައެއް މީޑީއާތަކުގައި ބުނެފައިވާނީ ކައުންސިލަރުން ހެނދުނު އޮފީހަށް ދިޔަ އިރު  ރައްޔިތުންގެ ބަޔަކު ކައުންސިލް އިދާރާގެ ކުރިމަތީ ތިބި ކަމަށާއި ބަނަދރުގެ މަސައްކަތް ފަށަންދެން އިހްތިޖާޖް ކުރިއަށް ގެންދާނެކަމަށް ރައްޔިތުން ބުނެފައިވާކަމަށެވެ.

“ހިރިމަރަދޫ ރައްޔިތުން ހިރިތަކުގެ މަތީގައި ހިނގަހިނގާ  ފައި ހަލާކުވެފައި” އާއި “ބަނދަރެއްގެ ހުވަފެންދައްކާތާ 30 އަށްވުރެއް ގިނަ ދުވަސް ވެއްޖެ” ފަދަ ލިޔުންތައް ހިފައިގެން ރައްޔިތުން އިހްތިޖާޖް ކުރަމްނދާ ކަމަށް އުތުރަށް މައުލޫމާތު ދެމުން އެރަށުން ވާހަކަ ދެއްކި މީހަކުބުންޏެވެ.

އިހްތިޖާޖްގައި ބައިވެރިވި އަންހެން ބައިވެރިން ރަށުގެ ބޮޑެތި މަގުތަކުގައި ހިނގާލުމަށް ފަހު އެނބުރި ކައުންސިލް އިދާރާ ކުރިމައްޗަށް ޖަމާވެފައިވާކަމަށާއި  މައްސަލަ ހައް ހައްލެއް ލިބެންދެން އިހްތިޖާޖް ކުރުމުގައި ދެމިތިބޭނެ ކަމަށް އެރަށުގެ ރައްޔިތުން ދަނީ ބުނަމުންނެވެ.

ރައީސް ނަޝީދު ހައްޔަރު ކޮށްގެން ދޫނިދޫ އަށް ގެންގޮސްފި
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް، ފުލުހުން ހައްޔަރު ކޮށްގެން ދޫނިދޫ އަށް ގެންގޮއްސިއެވެ.

ފުލުހުން ވިދާޅުވީ ރައީސް ނަޝީދު ހައްޔަރުކޮށްފައިވަނީ މާދަމާ 4.00ގައި އޮންނަ ޝަރީއަތުގެ މަޖީލަށް ހާޞިރުކޮށްދިނުމަށް ހުޅުމާލެކޯޓުން ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށްކަމަށެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމް މެމްބަރު ހިސާން ހުސައިން ވިދާޅުވީ ރައީސް ހައްޔރު ކުރުމުގައި ފުލުހުން އަމަލު ކޮށްފައިވަނީ  ގާނޫނު އަސާސީ އާއި ގާނޫނާއި ހިލާފަށްކަމަށެވެ.

އަދި ހއްޔަރުކުރިތާ 30 މިނނިޓ ވެގެނދިޔަ އިރުވެސް އެމަނިކުފާނާއި ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފައި ނުވާކަމަށެވެ.

ރައީސް ނަޝީދު ހައްޔަރު ކުރުމާއި ގުޅިގެން އެމަނިކުފާނަށް ތާއީދު ކުރައްވާ ގިނަ އަދަދެއްގެ މީހުން މާލޭގެ މަގުތަކަށް ނިކުމެ ނުރުހުން ފާޅުކުރަމުން އެބަގެންދެއެވެ.

ރައީސް ނަޝީދު ގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ކުށް ނުކުރާ މީހަކު ބަންދުގައި ބެހެއްޓިކަމަށް ބުނެއެވެ. އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާ އަކީ ސިޔާސީ ދައުވާ އެއްކަމަށް ބުނެ ރައީސް ނަޝީދު ވަނީ އެ ދައުވާ އަށް އިންކާރު ކުރައްވާފައެވެ.

އެމްޑީޕީ ވައިކަރަދޫ ދާއިރާއިން ނެރޭ ނޫސްބަޔާން
ވައިކަރަދޫ ދާއިރާ

މޯލްޑިއަން ޑިމޮކްރެޓިކްޕާޓީ (އެމްޑީޕީ)

ނޫސްބަޔާން

ބަގާވަތްކޮށް، ދިވެހި ދައުލަތް ހިޞާރުކޮށްގެން އުޅޭ މީހަކު ދިވެހި ރައްޔިތުންގެ ޤާނޫން އަސާސީ މުގުރާލައި، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ނުވެވޭ މީހަކު މިއަދު ގަދަކަމުން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުގެ ބޭނުންހިފައި، ވަހީދު ހަސަން މަނިކު އިސްވެހުރެ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ހުރުމަތް ކަނޑައި އެމަޖިލީހުގެ މެމްބަރުންގެ ގަޔަށް އަތްލައި އަނިޔާކުރަމުންގެންދާތީ، އެހަޑިމުޑުދާރު ނާތަހުޒީބީ އަމަލު މިދާއިރާއިން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ.

މިފުރުޞަތުގައި ޤާނޫނީ ވެރިކަމަކަށް އެދި ގޮވަމުންގެންދާ، ގަދަހިތްވަރާއި އެކު އިހްތިޖާޖް ކުރަމުންދާ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށާއި އެންމެހައި ދިވެހި ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ.

މިއަދު ހިގަމުންމިދާ އިހްތިޖާޖު ތަކަކީ ރާއްޖޭގެ އަންނަންއޮތް ޖީލުތަކަށް ހެޔޮގޮތް ހޯއްދަވައި ދެއްވުމުގެ ހެޔޮނިޔަތުގައި ކުރާކަމެއްކަމުގައި މިދާއިރާއިން ދެކި މިދާއިރާގެ ރައްޔިތުންވެސް ބަގާވާތުގެ ބަޔާނެއް އަޑު އަހަން ބޭނުން ނުވާ ކަމަށާއި ވަހީދު ހަސަން މަނިކު އިސްތިއުފާ ދިނުމަށާއި އިންތިގާލީ ސަރުކާރެއްގެ އިންތިޒާމްތައް ހަމަޖެއްސުމަށް ގޮވާލަމެވެ.

04 މާރޗް 2013

ބަޔާން ނެރުނީ: ވައިކަރަދޫ ދާއިރާގެ ރައީސް، އަޙްމަދު ޙާޝިމް.

ރިޔާސީ ބަޔާނަށް ޖަވާބު ނުދޭނަން – އެމްޑީޕީ
މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސްވަޙީދު ދެއްވި ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ދާރީވާން ނުޖެހޭނެކަމަށް އެޕާޓީގެ ޕާރލަމެންޓަރީގްރޫޕްގެ ލީޑަރ އަދި ހިންވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިޑިޔާއަށް މައުލޫމާތު ދެއްވަމުން އިބްރާހިމް މުހައްމަދު ޞާލިހް ( އިބޫ ) ވިދާޅުވީ ރައީސް ވަހީދަކީ ގާނޫނީ ހަމަތަކުގެ މަތިން އިންތިހާބް ކުރެވިފައި ހުރި މީހެއް ކަމަށް އެޕާޓީން ގަބޫލުނުކުރާކަމަށާއި އެހްނކަމުން ވަހީދުގެ ރިޔާސީ ބަޔާނަށް އެޕާޓީން ޖަވާބުދޭން ނުޖެހޭނެކަމަށެވެ. އަދި ރައީސް ވަހީދަކީ ގާނޫނީ ހަމަތަކުގެ މަތިން ވެރިކަމަށް ވަޑައިގެން ހުންނެވި ބޭފުޅެއްނަމަ އެބޭފުޅާވާނީ އެމްޑީޕީ ގެ މެމްބަރެއް ކަމަށެވެ. މި ދެ ސަބަބަށްޓަކައި ރިޔާސީ ބަޔާނަށް އެމްޑީޕީ އިން ޖަވާބު ދާރީވާންނުޖެހޭނެކަމަށް އިބޫވިދާޅުވިއެވެ.

ރިޔާސީބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެމްބަރުން ތިބި ޕާޓީގެ ފަރާތުން މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރ އެބަޔާނަށް ޖަވާބު ދޭނެޖެހެއެވެ. ފާއިތުވި އަހަރު ރިޔާސީބަޔާނަށް އެއްވެސް ޕާޓީ އަކުން ޖަވާބު ދެއްވާފައެއް ނުވެއެވެ.

ރިޔާސީ ބަޔާން އިއްވުމާއި ދެކޮޅަށް ޕީޖީ އިޙްތިޖާޖް ކުރަން ނިންމައިފި
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މާދަމާ ބާއްވާ  ޖަލްސާގައި ރިޔާސީ ބަޔާން އިއްވުމަށް ރައީސްވަހީދު ވަޑައިގެންނެވުމުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ(އެމްޑީޕީ) ޕާރލަމެންޓަރީ ގްރޫޕްގެ މެމްބަރުން އިޙްތިޖާޖް ކުރުމަށް ނިންމާފައިވާކަމަށް އެޕާޓީންބުނެފިއެވެ.

މިއަދު މެންދުރުފަހު އެޕާޓީގެ ޕާރލަމެންޓަރީ ގްރޫޕް އިން ބޭއްވިބައްދަލުވުމުގައި، މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުމުގެ ފުރުޞަތު ރައީސްކަމުގެ މަގާމުގައި ހުރި ޑރ. ވހީދު ހަޞަން މަނިކު އަށް ނުދިނުމަށާއި ރިޔާސީ ބަޔާން އިއްވުމާއި ދެކޮޅަށް އިޙްތިޖާޖް ކުރުމަށްނިންފައިވާކަމަށް އެޕާޓީން ބުނެއެވެ.

އެމްޑީޕީ އާއި ހަވާލާދެއްވާ ބައެއް މީޑިޔާ ތަކުގައި ބުނެފައިވަނީ މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމި ކަންތައްތަކުގެ މައުލޫމާތު މިރޭ 21.00 ގައި އުސްފަސްގަނޑުގައި ބާއްވާ އެޕާޓީގެ ޚާއްސަ ޖަލްސާގައި އިއުލާންކުރާނެކަމަށެވެ.

ރިޔާސީ ބަޔާން އިއްވުމަށް މާދަމާ ބާއްވާ ޖަލްސާގައި އިޙްތިޖާޖް ކުރުމަށް ނިންމާފައިވާ އިރު، ފާއިތުވި އަހަރުވެސް އެޕާޓީން ވަނީ ރިޔާސީ ބަޔާން އިއްވުމަށް ގިނަގުނަ ހުރަސްތަކެއް އަޅާފައެވެ. އަދި އެއަހަރު އިއްވި ބަޔާނަށް ޖަވާބުދާރީވެފައި ނުވާކަންވެސް އެޕާޓީން ގެންދަނީ ފާހަގަ ކުރަމުންނެވެ.