Tweet ފަނޑިޔާރުންނާއި ބެހޭގޮތުން ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ބެލޭނީ ހަމައެކަނި ޖޭއެސްސީއަށް ކަމަށް އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެއްޖެއެވެ. އަދި ހަވީރު ނޫހުގައި ލިޔެފައިވާ އެކަމާއި ގުޅޭ ޚަބަރުގައި އުއްތަމަ ފަނޑިޔާރުގެ ބަޔާނަށް ކިޔުންތެރިން ހެޓަކަށް ފާޑުކިޔައިފިއެވެ. ފާޑުކީ ފަރާތްތަކުން ފާޅުކޮށްފައިވާ ޝުއޫރުތަކަކީ ގައުމީ ނަޒަރަކުން ބަލާއިރު ވަރަށް ކަމުދާ ޝުއޫރުތަކެކެވެ. ޝަރުއީ ދާއިރާއަކީ މުޅި ދައުލަތުގެ އެހެން ބާރުތަކާއި ދެމެދު އިންވަކިކޮށް، އިޒްރޭލާއި ފަލަސްތީނު ރައްޔިތުންނާއި ދެމެދު ހަދާފައިވާކަހަލަ ދަގަނޑު ފެންސެއް ޖަހައި ވަކިކޮށްފައިވާ [...]
Tweet އިސްލާމްދީނުގައި ބާޣީން: ދަންނަ ބޭކަލުން ވިދާޅުވެފައިވާ ގޮތުގައި، ބާޣީންނަކީ ޢަދުލުވެރި ވެރިއެއްގެ ކިޔަމަންތެރިކަމުގެ ދަށުން ނުކުންނަ މުސްލިމް ޖަމާޢަތެކެވެ. ބައެއް ބޭކަލުން ވިދާޅުވެފައިވަނީ އެއީ ޢަދުލުވެރިވިޔަސް ނުވަތަ ޢަދުލުވެރި ނުވިޔަސް މުސްލިމް ވެރިއެއްގެ ކިޔަމަންތެރިކަމުން ނުކުންނަ މުސްލިމް ބައިގަނޑެކެވެ. ބަޣާވާތް ކުރުމަކީ ކޮންކަހަލަ ކަމެއް؟ އިސްލާމް ދީނުގައި ބަޣާވާތް ކުރުމަކީ ޙަރާމް ކަމެކެވެ. މިކަމުގެ ދަލީލަކީ، ކީރިތި ޤުރުއާނުގައިވާ މާތްﷲގެ ވަޙީ ބަސްފުޅެވެ. އަލްޙުޖުރާތު ސޫރަތުގެ 9 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. [...]
Tweet މިގައުމުގެ ވެރިކަން މިއަހަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ބައެއް ފުލުހުންނާއި ސިފައިންނާޢި ގުޅިގެން ވައްޓާލި ވައްޓާލުން އެހެން ގޮތަކަށް ބަދަލު ކުރެވޭތޯ މިއަދުގެ ބާޣީ ސަރުކާރުން ކިތަންމެ ރޭވުމެއް ރާވައި ކޮންމެ މަސައްކަތެއް ކުރިޔަސް އެއީ ބަޣާވާތެއް ނޫންކަމުގައި ގަބޫލު ކުރުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މިކަމަށްޓަކައި ބޭރުގެ މީހުންނަށް ދުވާލަކު ދެލައްކަ ރުފިޔާ ދިނަސް، ގައުމީ ޖޯޝުގައި ތިއްބެވި ފުލުހުންނާއި ސިފައިން ދަށްކޮށް، ވަޒީފާއިން ވަކިކުރިޔަސް ހަމަކުރެވޭނެ އެއްކަމެއްވެސް ނޯންނާނެއެވެ. ކޯނީގެ ރިޕޯޓަކީ މިގައުމުގެ [...]
Tweet ނަވާރަސަތޭކަ ފަސްދޮޅަހުގެ މެދުތެރޭގައި ދިވެހިރާއްޖެއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބައިނަލް އަގުވާމީ ދުނިޔެއިން ގަބޫލުކުރި ނަމަވެސް ދިވެހި ރައްޔިތުންނަށް ދާޚިލީ އަދި، ސިޔާސީ މިނިވަންކަން އޮތީ ވަރަށް ބީރައްޓެހި އެއްޗެއްގެ ގޮތުގައެވެ. އިނގިރޭސީންގެ ހިމާޔަތުން ރާއްޖެ ބޭރުވެ މިނިވަންވީއިރު އިނގިރޭސި އިސްތިއުމާރުގެ ދަށުގައި ހުރި އެހެނިހެން ގައުމުތަކުގައި އެވެރީން ގާއިމުކުރިފަދަ އިންފުރާސްޓްރަކްޗަރ އެއް ރާއްޖޭގައި ގާއިމު ކުރެވިފައެއް ނެތެވެ. ސަބަބުތަކެއްވެސް ހުރުމާއެކުގައެވެ. ދިވެހީން އިނގިރޭސީންގެ ހިމާޔަތް ހޯދީ އަމިއްލައަށް ކަމުންނާއި ރާއްޖޭގައި ބޭނުންކުރާނެ މާމުހިންމު ވަސީލަތްތަކެއް [...]
Tweet މިއީ ގިނަބައެއްގެ މެދުގައި މިއަދު ކުރެވޭ ސުވާލެކެވެ. ޖަވާބު އެކިގޮތަށް ނުކުތުމުން އިތުރު ސުވާލުތަކެއް އުފެދިގެން ދެއެވެ. ޝައްކެއްވެސް ނެތި އެނގޭ ގޮތުގައި ދިވެހި ދައުލަތަކީ ދިވެހިރައްޔިތުންނާއި ގުޅިލާމެހި ވަކިނުކުރެވޭނެ އެއްޗެކެވެ. މިދައުލަތުގެ އެންމެ އިސްވެރީންނަކީ ދިވެހި ރައްޔިތުންނެވެ. ގައުމު ހިންގުމުގައި ސަރުކާރެއް އެކުލަވާ ލެވެނީ ރައްޔިތުންގެ ވޯޓަކުންނެވެ. ވެރިކަމުގައި މީހަކު ބަހައްޓާނީ ރައްޔިތުންގެ އަޣުލަބިއްޔަތާއެކު ގާނޫނީ އިމުގެ ތެރެއިންނެވެ. ރައްޔިތުން އެމައްޗަށް ޢަމަލުކުރުމަށް ހަދާ އެންމެހައި ގާނޫނުތައް އިސްލާމްދީނުގެ ތަރަހައިގެ ތެރެއިން ހަދައި އެކަށައަޅާނީ [...]
Tweet ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެމަނިކްފާނަށް މަޖުބޫރުވެވަޑައިގެން އިސްތިއުފާދެއްވުމުން އެ މަގާމަށް އިސްވި ހަސަން މަނިކު މައްކާއަށް ވަޑައިގެން ދިވެހިންނަށްޓަކައި ދުޢާކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އެވިދާޅުވި ވިދާޅުވުން ޤަބޫލުކުރާނެ ގިނަ ދިވެހިންނެއް ނުތިބޭނެއޭ ބުނުމުގެ ފުރުސަތުބޮޑުކަމަށް ބުނާ ދިވެހިން ވަރަށް ގިނައެވެ. މިހެން މިކަންވުމުގައި އެތައް ސަބަބެއް އެބަ އޮތެވެ. މިގޮތުން ރައީސް ނަޝީދުއާއި އެމަނިކުފާނުގެ ސަރުކާރާއި ސަރުކާރުގެ މިނިސްޓަރުން ނަކީ ލާދީނީ ބައެއްކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން ގޮސް ދީނީ [...]
Tweet ދިވެހިރާއްޖެއަކީ ގުދުރަތުން އެތަކެއް ނަސީބުތަކެއް ހަދިޔާ ކުރެއްވި ގައުމެކެވެ. ގަދީމީ ތާރީޚެއް އޮތުމާއެކު މޮށިއުޅޭނެ އަމިއްލަ ބަހަކާއި، ލިޔެއުޅޭނެ އަމިއްލަ އަކުރެއް ގެންގުޅޭ ބައެއްގެ އިތުރުން މިދުނިޔޭގައި އިންސާނީ މުޖުތަމަޢަކަށް ﷲތަޢާލާ ދެއްވާނެ އެންމެ މަތިވެރި ނަސީބު ކަމުގައިވާ އިސްލާމީ ނޫރުން ހިތްތަކަށް އަލިކަން ދެއްވާފައިވާ މީސްތަކެއް ޒަމާނުއްސުރެ ދިރިއުޅެމުން އަންނަ ގައުމެކެވެ. މިއަދު ދުނިޔޭގެ މަޝްހޫރު ލިޔުންތެރީންގެ ދިރާސާ ލިޔުންތަކުން އެނގޭ ގޮތުގައި ﷲތަޢާލާ އެބޭކަލަކަށް ނިދާ އިއްވެވި ޒުލްގަރްނައިނި ފަދަ ބޭފުޅުންގެ ފައިންޕުޅު [...]
Tweet ނުބައި ނުލަފާ ނިޔަތެއްގައި ހަތުރުންތަކެއް އެކުވެ އެއްވެގެން މިދިވެހި އިސްލާމީ އުންމަތުގެ ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިފައިވާ ސަރުކާރު ވައްޓާލައި އުފެއްދި ބާޣީ ވެރިކަމުގައި ހިމެނޭ މޭސްތިރީންގެ މެދުގައި އެންމެ ފުރަތަމަ ދުވަހުއްސުރެ މައްސަލަތައް އުފެދި ޒުވާބުތައް ހިގަމުން އައިކަން އެންމެންވެސް ދަނެއެވެ. ވެރިކަމާ ޖާހާއި ބާރަކީ އެމީހުންގެ އީމާން ކަމުގައި ދެކިގެންތިބި ބަޔަކު ނުކުމެ މުނާފިގު ކަމުގެ އިންތިހާގައި ދީން އައްޑަނައަކަށް ބޭނުންކޮށް މީސްތަކުން އޮޅުވާލިއިރު ބާޣީންގެ މޭސްތިރީންގެ ގޮތުގައި ތިބި މީހުންނަކީ އިސްލާމީ އުންމަތެއްގެ [...]
Tweet ގައުމެއްގެ ވެރިކަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ނުވަތަ ބިރުގަންނަވައިގެން ނަމަވެސް ގިނަދުވަސްތަކަކު ވެރިކަން ކުރަމުން ގެންދާނަމަ އެތަނެއްގެ ރައްޔިތުން ހަގީގަތުގައިވެސް ތިބެނީ ވެރިމީހާ ދެކެ ބިރުންނެވެ. ވެރީން ބޭނުން ގޮތަކަށް ފާޅުގައި ހިތުހުރި ކަމެއް ކުރަމުން ގެންދިޔަނަމަވެސް އެތަނެއްގެ ރައްޔިތުން ތިބެނީ ބިރުން އެވާހަކަވެސް ދައްކާން ނުކެރިފައެވެ. އެހެން ނަމަވެސް މިއަދު އެކަންވަނީ ތާރީޚްގެ ތެރިއަށް ގޮސް އޮބިގެއްލިފައެވެ. ވެރިކަމެއްގައި އަނިޔާލިބި ބިރުގެންފައިވާ ބަޔަކަށް ހީވާނީވެސް ތިމާ އެކޭ އެއްފަދައިން އެންމެންވެސް ތިބޭނީ އެބިރުގަ ހެންނެވެ. ނަމަވެސް [...]
Tweet ރައްޔިތުންގެ އަޣުލަބިއްޔަތުން ރާއްޖޭގައި އޮތް ޚުދުމުޚުތާރު ވެރިކަން ނިމުމަކަށް ގެނެސް ޑިމޮކްރެޓިކް އުސޫލުން ހިންގާންފެށި ވެރިކަން އަނިޔާވެރި ކަމުގައި ހައްދުފަހަނަ އަޅާފައިވާ ބަޔަކު ނުކުމެ ވައްޓާލިކަން މިއަދު މުޅިދުނިޔެ ވެސް އެދަނީ ގަބޫލުކުރަމުންނެވެ. މިގައުމުގެ ސަރުކާރު ހިންގާން މިއަދު އެތިބަ މީހުންނަކީ މިގައުމުގައިއޮތް ގާނޫނީ ވެރިކަން ބަޣާވާތަކުން ވައްޓާލި ބައެއްކަމުގައި މިބުނަނީ ސަބަބުތަކެއް އޮތީމައެވެ. ހެކިތަކެއް ހުރީމައެވެ. އަނިޔާވެރި ކަމުން ހައްދުފަހަނަ އަޅާފައިވާ ބަޔަކާއި މަލްއޫނު ކަމުން ހިތްފަސާދަވެ ވެރިކަމަށް ބޫތުކައިފައި ތިބި ޝޭޚުންގެ ނިގާބުއަޅައިގެން [...]