Tweet ޑޮކުޓަރ ވަހީދު ހަސަން ދާދި ފަހަކުން ޖަލްސާއެއްގައި މުހާތަބުކޯށް ވާހަކަދައްކަވަމުން “އަޅުގަނޑަންއެގިފައިވާ ގޮތުގައި ދާދިއަވަހަށް ސިއްސައިގެން ދާވަރުގެ އިންވެސްޓުތަށް އަންނަން ހުރިކަން އަޅުގަނޑަން އެގޭ” ކަމަށް ވަނީ ވިދާޅުވެފައެވެ. މިހެން ވިދާޅުވެ މާގިނަ ދުވަސްތަކެން ނުވެ ދެންފެނިގެން ދިޔައީ އޮލިންޕަސް ސިނަމާ އެންމެ ފަހުގެ އާލާތްތައްބޭނުން ކޮށްގެން ފެންވަރުރަގަޅު ސިނަމާއެއްގެ ގޮތުގައި ހުޅުވިގެން ދިޔަ މަންޒަރެވެ. އެރޭ ޑޮކުޓަރ ވަހީދު ހަސަން ވާހަކަ ދައްކަވަމުންވަނީ މިކަމަށް ހަރަދުކުރި މީހުން ނަން ހާމަކުރަން ބޭނުން ނުވާކަމަށްބުނެފައެވެ. ސުވާލުއުފެދޭ [...]
Tweet މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް، ފުލުހުން ހައްޔަރު ކޮށްގެން ދޫނިދޫ އަށް ގެންގޮއްސިއެވެ. ފުލުހުން ވިދާޅުވީ ރައީސް ނަޝީދު ހައްޔަރުކޮށްފައިވަނީ މާދަމާ 4.00ގައި އޮންނަ ޝަރީއަތުގެ މަޖީލަށް ހާޞިރުކޮށްދިނުމަށް ހުޅުމާލެކޯޓުން ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށްކަމަށެވެ. ރައީސް ނަޝީދުގެ ގާނޫނީ ޓީމް މެމްބަރު ހިސާން ހުސައިން ވިދާޅުވީ ރައީސް ހައްޔރު ކުރުމުގައި ފުލުހުން އަމަލު ކޮށްފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނާއި ހިލާފަށްކަމަށެވެ. އަދި ހއްޔަރުކުރިތާ 30 މިނނިޓ ވެގެނދިޔަ އިރުވެސް އެމަނިކުފާނާއި [...]
Tweet ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މާދަމާ ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުމަށް ރައީސްވަހީދު ވަޑައިގެންނެވުމުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ(އެމްޑީޕީ) ޕާރލަމެންޓަރީ ގްރޫޕްގެ މެމްބަރުން އިޙްތިޖާޖް ކުރުމަށް ނިންމާފައިވާކަމަށް އެޕާޓީންބުނެފިއެވެ. މިއަދު މެންދުރުފަހު އެޕާޓީގެ ޕާރލަމެންޓަރީ ގްރޫޕް އިން ބޭއްވިބައްދަލުވުމުގައި، މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުމުގެ ފުރުޞަތު ރައީސްކަމުގެ މަގާމުގައި ހުރި ޑރ. ވހީދު ހަޞަން މަނިކު އަށް ނުދިނުމަށާއި ރިޔާސީ ބަޔާން އިއްވުމާއި ދެކޮޅަށް އިޙްތިޖާޖް ކުރުމަށްނިންފައިވާކަމަށް އެޕާޓީން ބުނެއެވެ. [...]
Tweet އަދާލަތު ޕާޓީ މިހާރު ސިފަ ކުރެވެނީ ކްރިސްޓިއަން ފާދީރިންތަކާކާ ކަމަށް އެޕަޓީގެ ފުރަތަމަ ރައީސް އަދި އެޕާޓީ ވުޖޫދަށް ގެނައުމުގައި އެންމެ އިސްކޮށް ހުންނެވި ޝެއިހް ހުސެން ރަޝީދު މިރޭ ވިދާޅުވެއްޖެއެވެ. އެތައް ހާސް ރައްޔިތުންތަކެއް އެއްވެފައި ތިބި އެމްޑީޕީގެ މިރޭގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝެއިހް ހުސެން ރަޝީދު ވިދާޅުވީ މީހަކު މަރުވުމުން ސަންދޯކަށް ފާދިރީން ލިޔުން ކޮޅެއް އަޅާކަމަށާއި އޭގައި އޮންނަނީ އޭނައަށް ދެވޭނީ ސުވަރުގެއަށް ތޯ ނޫންތޯ ކަމަށެވެ. އަދި [...]
Tweet ޝަރުއީ ދާއިރާގެ ކަންތައްތައް ބެލުމަށް އުފައްދާފައިވާ ޖުޑިޝަލް ސާރވިސް ކޮމިޝަން އެންމެ ރަނގަޅަށް މަސައްކަތް ކުރާ ނަމަ ޝަރުއީ ދާއިރާއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ވަރަށް ބޮޑަށް ހައްލުވެގެންދާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އިއްޔެ ވިދާޅުވެފައިވާތީ، އެކަމަށް ޖޭއެސްސީގެ ކުރީގެ މެމްބަރު އާއިޝަތު ވެލެޒިނީ ރައްދުދެއްވައިފިއެވެ. ފާއިޒު އިއްޔެ ވިދާޅުވީ، ޖޭއެސްސީން އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅު ނުވާނެކަމަށެވެ. ނަމަވެސް އެންމެ ފުރިހަމައަށް ޖޭއެސްސީ މަސައްކަތް ކުރާނަމަ ޝަރުއީ ދާއިރާއަށް [...]
Tweet ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުގެ7 މެމްބަރުންގެ ތެރެއިން 4 މެމްބަރުންގެ އަޣުލަބިއްޔަތުން ހުކުމްކޮށްފި އެވެ. ހުޅުމާލޭ ކޯޓުގެ ސައްހަކަމާ މެދު ސުވާލު އުފައްދަވައި ގާނޫނީ ވަކީލް އިސްމާއިލް ވިޝާމް ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން )ޖޭއެސްސީ( ގެ އެދުމުގެ މަތިން ސުޕްރީމް ކޯޓަށް ނަގާ އެ ކޯޓްގެ ހަތް ފަނޑިޔާރުންގެ ބެންޗުން ބެލުމަށް ފަހު ހުޅުމާލެ ކޯޓަކީ ސައްހަ ކޯޓެއްކަމަށް ވަނީ ކަނޑައަޅާފައެވެ. ހުޅުމާލެ ކޯޓަކީ [...]
Tweet މިއަހަރު އޮކްޓޯބަރު 2 ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލާފައިވާ ރ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ ގެ މަރާއި ގުޅޭ ތަހްގީގް ނިމިފައިވާ ކަމަށާއި އެ ތަހްގީގްގެ ރިޕޯޓް ވަރަށް އަވަހަށް އާންމު ކުރާނެކަމަށް މީޑިޔާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކް އާއި ހޯމްމިނިސްޓަރު މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެފައި ވަނިކޮށް، އަފްރާޝިމް ގެ މަރުގެ ތަހްގީގް އަދިވެސް ކުރިއަށްދާ ކަމަށް ޕޮލިސް ކޮމިޝަނަރ އަބްދުﷲ [...]
Tweet އެމް ޑީ ޕީ ވައިކަރަދޫ ދާއިރާގެ ފަރާތުން މިރޭ 21:15 ގައި ވައިކަރަދޫގައި ތިބި އެމް ޑީ ޕީ މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ. ދާއިރާގެ ރައީސް އަހުމަދު ހާސިމްގެ އެދިލެއްވުމަކަށް ބޭއްވި މިބައްދަލުވުމުގައި 107 މީހުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި މެމްބަރުންނާ މުހާތަބުކޮށް ވާހަކަދައްކާފައި ވަނީ ދާއިރާގެރައީސް އަހުމަދު ހާސިމްއެވެ. މިބައްދަލުވުމުގައި ކަންކަން ކުރެވިދާނެ ފަސޭހަ ގޮތްތަކާއި ޕާޓީތެރޭން ކަންކަން ކުރެވޭންހުރި ގޮތްތަކުގެއިތުރުން ރަށުފެންވަރުގައި ކުރެވިދާނެ ރަނގަޅު ކަންތައްތަކެއް ކިޔައިދީފައިވެއެވެ. އަދި ދާއިރާގެ ފަރާތުން ކުރަން ރާވާފައިވާ [...]
Tweet ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓް ސިއްރު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި. އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް އާންމު ކޮމެޓީގެ އިއްތިފާގުން ފާސްކުރައްވާ މަޖިލީހުގެ ތަޅުމަށް ހުށައެޅި ރިޕޯޓު ފާސްވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީއާއި ޑިއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންތަކެއް ވޯޓާއި އެކު 41 މެންބަރުން ވޯޓް ދެއްވައިގެންނެވެ. އަދި އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމާއި [...]
Tweet އުނގޫފާރު ދާއިރާގެ ގޮނޑި ޕީޕީއެމް އިން ކާމިޔާބު ކުރީ ހަމްދަރުދީގެ ވޯޓަކުން ކަމަށް ވެސް ވެދާނެ ކަމަށް އެ ދާއިރާއަށް އިއްޔެ އިންތިހާބް ކުރެވުނު އިބްރާހީމް އަމީން ވިދާޅުވި ވެއްޖެ އެވެ. އިއްޔެ ބޭއްވުނު އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގެ ކާމިޔާބީ އަށް ފަހު މިއަދު މާލެ ވަޑައިގެން ރަސްމީ ފާލަމުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި އަމީންވިދާޅުވީ މި އިންތިހާބު އޭނާ ކާމިޔާބު ކުރެއްވީ ހަމްދަރުދީގެ ވޯޓުން ކަމަށާއި މި ކާމިޔާބީ ގެ ފަހަތުގައި އެހެން [...]